Advertisement

20 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްއޭސީއެލްގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމް ހުޅުމާލެ ޣާޒީ ސްކޫލުގައި ކުރިޔަށް ގެންގޮސްފި

"އެމް.އޭ.ސީ.އެލް ކެރިއަރ 2024" ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ފެށި، ޕްރޮގްރާމް ހުޅުމާލެ ޣާޒީ ސްކޫލުގައި ކުރިޔަށް ގެންގޮސްފިއެވެ.

އެމްއޭސީއެލްއިން ހާމަކުރައްވާފައިވާ ގޮތުގައި، ޣާޒީ ސްކޫލުގައި، ހޮނިހިރު ދުވަހު ބާއްވަފައި ވަނީ އެޕްރޮގްރާމްގެ ދަށުން ބޭއްވި ފުރަތަމަ ފެއާއެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މިއީ އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން އެމް.އޭ.ސީ.އެލްގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

"އެމް.އޭ.ސީ.އެލް ކެރިއަރ 2024" ގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން، އެއަރޕޯޓް އޮޕަރޭޝަންސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ދަރިވަރުންނަށް އެ ކުދިންގެ މުސްތަޤުބަލާއި މެދު ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް އެހީތެރިވުން ކަމުގައި އެކުންފުނިން ވަނީ ހާމަކޮށްފައެެވެ. 

"އެމް.އޭ.ސީ.އެލް ކެރިއަރ 2024" ކުރިއަށް ގެންގޮސްފައި ވަނީ، 2 ސެޝަނަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ސެޝަންއެއްގައި ލަކީޑްރޯއެއް ނަގައި، ލަކީޑްރޯއިން ހޮވޭ 20 ދަރިވަރުންނަށް އެމް.އޭ.ސީ.އެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ފެއަރ ކުރިޔަށްދާ ވަގުތު ގުރުއަތުން ހޮވި 10 ދަރިވަރަކަށް ހަދިޔާ ދީފައިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.