Advertisement

23 Mar 2024
ޚަބަރު

އައްޑޫ ސިޓީއިން ފެނުގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ އެތައް ގަޑިއިރެއް

ރާއްޖޭގަ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީއިން މިއަދުގެ މެންދުރުން ފެށިގެން ފެނުގެ ހިދުމަތް ވަނީ މެދެކެނޑިފައެވެ. ސަޕްލައި ފެނަށް ވަރަށް ބޮޑަށް ބަރޯސާވެފަ އޮންނަ އައްޑޫ ސިޓީގެ ގެތަކަށް މިކަމުގެ ސަބަބުން އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

"ނޫން" އަށް ފޯނުން ދިން އިންޓަވިއުއެއްގައި އައްޑޫ ސިޓީގެ ރައްޔިތަކު ބުނީ، ފެންވެރުމަށާއި ކެއްކުމަށް ގިނަ ގޭގޭގައި ބޭނުން ކުރަނީ ސަޕްލައި ފެން ކަމުން، ހިދުމަތް މެދުކެނޑިފައި ގިނަ ވަގުތުތަކެއް ހޭދަވަމުން ދިއުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އެކަމުގެ އުނދަގޫ ތަހައްމަލު ކުރަމުންނެވެ

އައްޑޫ ސިޓީގެ މޭޔަރު މި މައްސަލައާ ގުޅިގެން ބުނެފައިވަނީ، މިއަދު މެންދުރު ފެނުގެ ހިދުމަތް މެދުކެނޑިފައިވާއިރު، ފެނަކަ ކޯޕަރޭޝަނުން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މޭޔަރު އިތުރަށް ވިދާޅުވެފައިވަނީ، މި މައްސަލަ ހައްލު ކުރުމަށް އެކަށޭނަ މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ، އެ ސިޓީގައި މިކަމާ ގުޅިގެން ކާރިސާއެއް ދިމާވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.

ފެނުގެ ހިދުމަތް ލިބޭނެ ވަކި އިރެއް މޭޔަރު ހާމަކޮށްފައިނުވާއިރު، އައްޑޫ ސިޓީއިން "ނޫން" އާ ވާހަކަ ދެއްކި މީހަކު ބުނީ، މިރޭ 12 ޖަހާކަށް ހާއިރަށް ހިދުމަތް އަނބުރާ ދެވޭނެކަމަށް ރަށުތެރޭގައި ވާހަކަދެކެވޭ ކަމަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.