Advertisement

ގެއްލިގެން ހޯދަމުން އަންނަ ފަރީދުގެ ނަން ދީފައިވާ ހައު ---

17 Sep 2024
ލައިފްސްޓައިލް

އައްޑޫއިން ހައުލެއް ގެއްލިގެން ހޯދަނީ، ހޯދައި ދިން ފަރާތަކަށް ބޮޑު އިނާމެއް ވަނީ ހުށައަޅާފައި!

އައްޑޫ ސިޓީގައި މީހަކު ގެންގުޅެމުން އައި ރަތް ހައުލެއް ގެއްލިގެން ހޯދަން އިޢުލާނުކޮށްފިއެވެ.

އެ ހައުލާއި ބެހޭ ގޮތުން މައުލޫމާތު ދިން ފަރާތުން ބުނީ، ހައު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އެ ހައު އަދި ފެނިފައި ނުވާ ކަމަށެވެ. އެ ހައުލަށް އޭގެ ވެރިފަރާތުން ދީފައިވާ ނަމަކީ، "ފަރީދު" އެވެ. ގެއްލުނު އިރު އޭގެ ފައިގައި ރަން ކެވެލިފަށެއްވެސް އޮންނާނެ ކަމުގައި، ހައު ގެއްލިގެން ހޯދަން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ހައު ހޯދުމަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓް --

މި ހައު ގެއްލުނީ އައްޑޫ ސިޓީ ހުޅުދޫއިން އިއްޔެ ހަވީރުގައެވެ. ހައު ހޯދައިދިން ފަރާތަކަށް 15000ރ ގެ އިނާމެވެސް ވަނީ ހުށައަޅާފައެވެ.

ހައުލަކީ، ރާއްޖޭގައި މީހުން ގޯތި ގެދޮރުގައި ގެންގުޅޭ އެއްޗެއް ނަމަވެސް ޕެޓެއްގެ ގޮތުގައި ހައުލެއް ގެންގުޅޭ ކަމެއް މީގެ ކުރިން އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް 2006 ވަނަ އަހަރު ޏ. ފުވައްމުލަު ގެއެއްގައި ގެންގުޅުނު، އަންހެނުންނާއި ތޮޅޭ ރަތް ހައުލެއްގެ ވާހަކަ، އޭރު މީޑިއާގެ ސަމާލުކަމަށް އައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.