Advertisement

އައްޑޫ ބުރިޖު އެޅުމުގެ ސަރވޭ އާއި ޑިޒައިންގެ އެއްބަސްވުމުގައި ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

19 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އައްޑޫ ބްރިޖަކީ އެޅިދާނެ ބުރިޖެއްތޯ ބެލުމުގެ ގޮތުން ކުރާ ދިރާސާކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި

އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީގެ އެހެން ރައްތަކާއި ގުޅާލުމުގެ ގޮތުން އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެ ވަޑައިގެންނެވި ބުރިޖަކީ އެޅިދާނެ ބުރިޖެއްތޯ ބެލުމަށް ކުރާ ދިރާސާތަކާއި ބްރިޖުގެ ޑިޒައިންނާއި ގުޅޭ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއެކޮށްފިއެވެ.

އައްޑޫ ސިޓީއަށް މިހާރު ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މިއެއްބަސްވުމުގައި ސޮއެކުރެއްވީ ސަރުކާރުގެ ފަރާތުން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. މިސްރުގެ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރައްވީ، އެކުންފުނީގެ ބޯޑު މެމްބަރު ހެބާއެވެ.

އައްޑޫ ސިޓީގައި އަޅާ މިބްރިޖާއި ކޯޒްވޭތަކާއި އެކު މަގު ވެގެން ދާނީ ރާއްޖޭގެ އެންމެ ދިގު މަގަށެވެ. އަދި އެކަމަށް ވަރަށް ބޮޑު ހޭދައެއް ހިނގާއިރު، ބުރިޖުގެ ސާވޭގެ މަސައްކަތްކަށް މިއަަހަރުގެ ބަޖެޓުގައި ވަނީ 30 މިލިޔަން ރުފިޔާ ހިމަނާފައެވެ.

އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުމީދޫ އޮންނަނީ އިރުމަތީ ބިތުގައި ކަމަށް ވާއިރު ހުޅަނގު ބިތުގައި އޮންނަ ހިތަދޫއާއި ހުޅުމީދޫއާ ދެމެދު 9 މޭލު ހުރެއެވެ. އަދި ހުޅުމީދޫ އާއި އައްޑޫގެ ގުޅިފައިވާ ރަށްތަކާއި އެކު ދެކުނު ބިތުގައި އޮންނަ ގަމާއި ދެމެދު 4 މޭލު ދުރުމިން ހުރެއެވެ. އައްޑޫގެ ކޮންމެ ފަރާތަކުން މިރަށްތަށް ގުޅާލަން ނިންމި ނަމަވެސް މަދުވެގެން ދެ ކޯޒްވޭ މަގާއި ކަނޑުއޮޅިތައް ހުރަސްކޮށް ދެ ބުރިޖް އަޅަން ޖެހޭނެއެވެ. ކޯޒްވޭތަކާއި ހައިވޭތަކާއި އެކު ގުރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖުމުލަ ދިގުމިނަކީ، 3.4 މޭލެވެ. ސިނަމާލެ ބުރިޖުގެ ދިގުމިނަކީ، 0.91 މޭލެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.