Advertisement

ސ.މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް (18އ) --

30 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ނައީޝް ގެއްލުނުތާ 10 ދުވަސް: ހޯދުމުގެ މަސައްކަތް ހުއްޓައެއް ނުލާ

ރައްޓެހިންތަކަކާއިއެކު، އައްޑޫސިޓީ ގަމުގެ ފަރުމައްޗަށް އިހިނަގަން ގޮސް އުޅެނިކޮށް ގެއްލުނު 18 އަހަރުގެ ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ނައީޝް ހޯދުމުގެ މަސައްކަތް އަދިވެސް ސިފައިން ކުރަމުންދާ ކަމަށާއި އެމަސައްކަތް މުޅިން ހުއްޓާނުލާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ޒުވާނާގެ އެއްވެސް ހިލަމެއް ވެފައެއް ނުވެއެވެ.

 ސ.މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް (18އ) ގެއްލުނު ކަމަށް ރިޕޯޓުކޮށްފައި ވަނީ، ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ 22:10ހާއިރުގައި ކަމަށް އެންއެމްޑީއެފުން ބުނެފައިވެއެވެ. ނައީޝްގެ އެކުވެރިން ކިޔައިދީފައިވާ ގޮތުގައި ނައީސް ގެއްލުނީ، ރާޅެއްގައި އޮޔާ ދަމައިގަތުމުގެ ސަބަބުންނެވެ. 

ނައީޝް ގެއްލުނުތާ މިއަދަށް 10 ދުވަސްވެފައި ވާއިރު، އޭނާ ދިރިހުއްޓައި ފެނިދާނެކަމުގެ އުއްމީދު ވަނީ ކުޑަވެފައެވެ. އޭނާ ހޯދުމަށް ޑައިވްކޮށްގެންނާއި ކަނޑާއި ވައިގެ މަގުންވެސް ބޮޑު ސަރަހައްދެއް ސިފައިން ވަނީ ބަލާފައެވެ. އެހެން ނަމަވެސް ކަނޑުމަތިން މީހުން ހޯދުމުގެ މަސައްކަތަށް ޤާބިލް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި ބޭނުންކޮށްފައި ނުވާތީ، ސަރުކާރަށް ވަނީ ފާޑުކިޔުންތައްވެސް އަމާޒުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.