Advertisement

އައްޑޫއިން ޒުވާނަކު ގެއްލިގެން ހޯދުމުގެ އޮޕަރޭޝަން --

24 Dec 2023
ރިޕޯޓް
ޢަލީ ސުލައިމާން

އައްޑޫއިން ގެއްލުނު ޒުވާނާ ހޯދުމަށް ޑޯނިއަރ ފްލައިޓް ބޭނުން ނުކުރާ ސަބަބާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ކޮމެންޓެއް ނެތް

ފުރާނައެއް ސަލާމަތް ކުރުމަކީ، ނުވަތަ ގެއްލުނު މީހަކު ހޯދުމަކީ އެހެން ހުރިހާ ކަމަކަށްވުރެ، އިސްކަންދޭން ޖެހޭނެ ކަމެކެވެ. އެއީ އެކަަމަށްޓަކައި ލިބި ހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން ހިފަންޖެހޭނެ ކަމެކެވެ. އެހެން ނަމަވެސް އިންޑިއާ އާއި ދެކޮޅަށް މިސަރުކާރުގެ ވެރިންގެ ހިތުގައި އޮތް ސިޔާސީ ނަފްރަތާއި، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ފެތުރި ދޮގުވާހަކަތަކުގެ ސަބަބުން، އޭގެ ގެއްލުން އުފުލަން ޖެހިފައި ވަނީ ދިވެހި ރައްޔިތުންނަށެވެ.

ކުޅުދުއްފުށި ހާލު ބޮޑު ބަލިމީހަކު، ވައިގެ މަގުން މާލެއަށް ނުގެނެވިގެން އެއާއިލާ ކަންބޮޑުވުންތައް ފާޅުކުރަމުން ދިޔައިރު، އައްޑޫ ސިޓީން 18 އަހަރުގެ ޒުވާނަކު ގެއްލިގެން އާއިލާއިން ކަންބޮޑުވެފައި އޮތް އިރު ސަރުކާރުގެ ނިންމުންތައް އައީ އެދެމީހުންގެ ފުރާނައަށް ވުރެ ސަރުކާރުގެ ސިޔާސީ ހަސަދަވެރިކަން ދެމެހެއްޓުމަށެވެ. ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ސަރުކާރުން ވަޢުދުވެފައި ވާތީ، އިންޑިއާ ސިފައިން ތިބެގެން ރާއްޖޭގައި ދުއްވަމުން އައި، ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުން ހިފުންހުއްޓާލީކަން ފާއިތުވި ދެދުވަހުގެ ހާދިސާތަކުން އެނގެއެވެ.

ސްޓްރޯކެއްޖެހި ހާލުބޮޑުވެފައި އޮތް ބަލިމީހާ ކުޅުދުއްފުށިން ވައިގެ މަގުން މާލެއަށް ގެންނަން އެންމެ މުހިއްމީ އެންމެ އަވަހަށް މާލެ ގެނެވެން އޮތް ކުރުމަގަކުން ގެނައުމެވެ. 18 އަހަރުގެ ޒުވާނަކު ގެއްލުމުން އޭނާ ހޯދުމަށް ސިޔާސީ ކަންކަމަށް ނުބަލައި ލިބި ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަންޖެހެއެވެ. 

މިސަރުކާރުން އިންޑިއާ ސިފައިން ދެހެލިިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓާއި އެކު، ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލަން ބޭނުންނަމަ އެކަން ކުރަންވީއެވެ. އެކަމަކު ބަލިމީހުން އުފުލުމަށާއި، ސަރޗް އެންޑް ރެސްކިއުތަކަށް އެކަށީގެންވާ އުޅަނދުތަކާއި ތަމްރީނުލިބިފައިވާ މީހުން ނުހޯދާނަމަ، އަންނަ ހުސްކަމުގައި އެތައް ފުރާނައެއް ގެއްލިގެން ދިޔުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

އައްޑޫ ސިޓީ، ސ.މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް (18އ) ގެއްލުނީ، ބުރާސްފަތި ދުވަހުގެ ރޭގެ 10 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. އޭނާ އާއިއެކު މަސްހިފަން ދިޔަ މީހުން މައުލޫމާތު ދީފައިވާ ގޮތުގައި ނާއިޝް އޮއެވަރާއިއެކު ކަނޑަށް ދަމައިގަތީއެވެ. ނާއިޝް ގެއްލުނުކަމެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ހަމަ އެރޭ 22:10ގައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. އެހެން ނަމަވެސް ނާއިޝް ހޯދުމަށް އެމްއެންޑީއެފުން ފެށި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ފެނުނީ ސިޔާސީ ވެފައިވާ ތަނެވެ.

ސަރުކާރުން ވަކި އެއްޗެއް ބުނެފައި ނެތް ނަމަވެސް އެމްއެންޑީއެފްގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި، ޑޯނިއާ މަތިންދާ ބޯޓު ބޭނުން ނުކޮށް، މޯލްޑިވިއަންގެ ފްލައިން ސްކޫލުގެ ކުޑަ މަތިންދާބޯޓެއް ބޭނުން ކުރުމަކީ، ސަރުކާރު ރަސްމީ ސިފައެއްގައި އެއްވެސް ޖަވާބެއް ނުދިން ނަމަވެސް ސަރުކާރުގެ ނިންމުން ހާމަވާކަމެކެވެ. އެކަމާއި ގުޅިގެން އާއްމުންގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ނައީޝް ގެއްލުނުތާ މިއަދަށް 3 ދުވަސްވެފައި ވާއިރު އެމްއެންޑީއެފުން މިހާތަނަށް ކުރި މަސައްކަތުން އެޒުވާނާ ފެނިފައެއް ނުވެއެވެ. ނައީޝް ހޯދުމުގެ މަސައްކަތުގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއަރ މަތިންދާ ބޯޓާއި، ހެލިކޮޕްޓަރުތައް ބޭނުން ނުކުރާ ސަބަބަކީ، ކޮބައިތޯ ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަމާއި ގުޅޭ ގޮތުން ކޮމެންޓެއް ނެތް ކަމަށެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއިން ކުރި ޓްވީޓް --

ވައިގެމަގުން ހިންގާ ސަރޗް އެންޑް ރެސްކިއުގައި ބަލާގޮތް --

މޯލްޑިވިއަން އޭވިއޭޝަންގެ އެކަޑަމީގައި ހުރި ސެސްނާ ކުދި މަތިންދާ ބޯޓުތަކަކީ، ސަރޗް އެންޑް ރެސްކިއުގައި ބޭނުން ކުރުމަށް އުފައްދާފައިވާ މަތިންދާ ބޯޓުތަކެއް ނޫނެވެ. ޓްރޭނީންގ ސްކޫލުގެ މަތިންދާ ބޯޓުގައި ހުންނާނީ ވަރަށް އަސާސީ އާލާތްތަކެވެ. އެއީ ހަމައެކަނި ޕައިލެޓްކަން ކިޔަވާ ކުދިން އުދުހެން ދަސްކުރާ ބޯޓުތަކެވެ. އެހެން ނަމަވެސް އެއާ ޚިލާފަށް ޑޯނިއާ މަތިންދާ ބޯޓުގައި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ، ޚާއްޞަ އާލާތްތައް ހުރެއެވެ. އަދި ޑޯނިއާ ފްލައިޓަކީ، ރޭގަނޑުގެ ވަގުތުގައިވެސް ކަނޑުމަތިން ގެއްލޭ މީހުން ހޯދުމަށް ޚާއްސަކޮށްފައިވާ އާލާތްތައްވެސް ޤާއިމްކޮށްފައި ހުންނަ ބޯޓެކެވެ. 

ފަންނީ ތަޖުރިބާކާރުންނާއި އާއްމުން ސޯޝަލްމީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކުގައި އެފަރާތްތަކުން ބުނެފައި ވަނީ، ނައީޝް ގެއްލިގެން އޭނާ ހޯދުމުގެ އޮޕަރޭޝަންގައި ޑޯނިއާފްލައިޓް ބޭނުން ނުކުރުމަކީ، ސަރުކާރަށް ދިވެހި ރައްޔިތުންގެ ފުރާނައަށް ވުރެ ސިޔާސީ މަންފާ މުހިއްމުވާ ސަބަބެއްކަން ހާމަވާ ކަމެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.