Advertisement

ފުލުހުންގެ މައި އިދާރާ --

03 Dec 2023
ޚަބަރު
ނޫން

އައްޑޫ ސިޓީގައި އިތުރު މާރާމާރީއެއް ހިނގައި 20 އަހަރުގެ ޒުވާނަކު ޒަޚަމްކޮށްލައިފި

އައްޑޫ ސިޓީގައި މިއަދު އަނެއްކާވެސް ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގައި އުމުރުން 20 އަހަރުގެ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާރާމާރީ ހިނގައިގެން އުޅޭކަން ރިޕޯޓްކޮށްފައި ވަނީ މިއަދުގެ މެންދުރުފަހު، 15:30 ހާއިރު އައްޑޫ ސިޓީ ހިތަދޫއިންނެވެ. ފުލުހުން ވިދާޅުވީ، ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުގެ ސަބަބުން އެޒުވާނާއަށް ފަރުވާދެމުން ދަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކަމަށެވެ.

މިމާރާމާރީގެ މައްސަލަވެސް ތަޙްޤީޤުކުރަމުންދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ވެސް ވަނީ ދެގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައި، ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. ޒަޚަމްކޮށްލާފައިވާ ޒުވާނާގެ ހާލު ސީރިޔަސްކަމުގައި ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ގުރޫޕް މާރާމާރީތައް އިތުރުވެގެން ދިޔުމާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އިތުރު ފުލުހުން ފޮނުވާފައިވާ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ހިނގި މާރާމާރިއާ ގުޅިގެން ފުލުހުން މިއަދު ވަނީ އައްޑޫ ސިޓީ ހިތަދޫއިން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހެކެވެ. މިއެންމެންނަކީވެސް ދިވެހި ފިރިހެނުންކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.