Advertisement

އައްޑޫ ސިޓީ. ފޮޓޯ: ސޯޝަލް މީޑިއާ

31 Oct 2023
ޚަބަރު

އައްޑޫއިން ގޯތި ލިބުނު މީހުންނަށް އަންނަ މަހު ބިން ހަވާލުކުރަނީ

އައްޑޫ ސިޓީއިން ދޫކުރާ ގޯތިތައް އަންނަ މަހުން ފެށިގެން ދޫކުރަން ފަށާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. އައްޑޫގެ 4 އަވަށުން ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. 

އަހަރުތަކަކަށްފަހު އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުއެވެ. އެފަހަރު އައްޑޫ ސިޓީގެ އެކި ރަށްތައް ހިމެނޭހެން 1000ގޯއްޗަށް ހުޅުވާލިއެވެ. އައްޑޫ ސިޓީން ގޯތި ލިބޭ މީހުންގެ ލިސްޓް ނެރެފައިވަނީ އޯގަސްޓްމަހުގެ ތެރޭގައެވެ.

ފުރަތަމަ އިއުލާންކުރީ 1000 ގޯތި ދޫކުރުމަށެވެ. އެއީ ހިތަދޫން 1500 އަކަފޫޓުގެ 500 ގޯތި، ފޭދޫން 1500 އަކަފޫޓުގެ 300 ގޯތި، ހުޅުދޫން 2000 އަކަފޫޓުގެ 100 ގޯތި އަދި މީދޫން 2000 އަކަފޫޓުގެ 100 ގޯއްޗެވެ.

ނަމަވެސް, ފަހުން ސިޓީ ކައުންސިލުން ވަނީ ޝަރުތުހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާ މިދިޔަ އޮގަސްޓުގައި ލިސްޓުތައް އިއުލާންކޮށްފައެވެ. އެގޮތުން ގޯއްޗަށް ހުށަހެޅި 4160 މީހުންގެ ތެރެއިން ޝަރުތު ހަމަވީ 3997 މީހުންނަށް ގޯތި ދޭން ނިންމާ ވަގުތީ ލިސްޓު ކައުންސިލުން އާންމުކުރިއެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ދޭނީ، މިހާރު އިޢުލާންކޮށްފައިވާ 4 އަވަށުން ޖުމްލަ 1000 ގޯއްޗެވެ. އެއީ ހިތަދޫން 500 ގޯތި، ފޭދޫން 300 ގޯތިި ހުޅުދޫން 100 ގޯތި އަދި މީދޫން 100 ގޯއްޗެވެ.

ގޯތި ދޫކުރަން އިއުލާންކުރި ރަށްތަކުގެ ތެރެއިން ބިން ހިއްކުމުގެ މަސައްކަތް ނިމިފައި ވަނީ ހިތަދޫގައެވެ. ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރީ ސަރުކާރުގައި ނިންމާލައިފިއެވެ. ހުޅުދޫ އާއި މީދޫގެ ބިން ހިއްކުމުގެ މަޝްރޫއު ރާވައިފައިވީ ނަމަވެސް އަދި އެ މަސައްކަތް ކުރިއަށް ނުދެއެވެ.

މުޅި އައްޑޫ ސިޓީއަށް ބަލާއިރު ހިތަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 21 އަހަރު ކުރިން 2002ވަނަ އަހަރުއެވެ. އަދި، ހުޅުދޫއާއި މީދޫންވެސް ގޯތިދޫނުކުރާތާ 15 އަހަރުވެފައިވާއިރު، ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.