Advertisement

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އޮނަރަބަލް ޢަބްދުﷲ ރާފިޢު އައްޑޫ ސިޓީގެ ޒޯން ސްޓޭޑިއަމް ބައްލަވާލައްވަނީ، ފޮޓޯ:

21 Jan 2024
ކުޅިވަރު
މިފްތާޙް މުޙައްމަދު

އައްޑޫ ސިޓީގެ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ހިތަދޫގެ ޒޯން ސްޓޭޑިއަމްގެ އާބާތުރަ ފިލުވައި، ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތްތައް އިއްޔެ ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ  އައްޑޫ ސިޓީއަށް ކުރެއްވެވި ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓެމެންޓާއެވެ. މި އެއްބަސްވުމުގައި  މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރުއެވެ. އަދި ނޫރައްދީން އިންވެސްޓްމަންޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ އަލީ ނޫރައްދީނެވެ.

މި މަސައްކަތް ނޫރައްދީން އިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެގޮތުން ފެބުރުވަރީ 10 ވަނަ ދުވަހަކީ މި މަސައްކަތް ނިންމަންޖެހޭ ދުވަހުވެ. މި މަސައްކަތުގެ އަގަކީ 1،450،000ރ. (އެއް މިލިއަން ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) އެވެ.

މިނިސްޓްރީ އިން މައުލޫމާތު ހިއްސާފައިވާ ގޮތުގައި ހިތަދޫ ޒޯން ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތް ނިމޭއިރު، އަލުން އެ ދަނޑުގައި މުބާރާތްތައް ކުޅޭވޭ ފެންވަރަށް ތަރައްގީ ކުރެވޭނެއެވެ.

މިނިސްޓަރ ރާފިއު އައްޑޫއަށް ކުރެއްވެވި ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީގެ ކުޅިވަރު ކްލަބްތަކުގެ އިސް އޮފިޝަލުންނާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކްލަބްތަކުގެ ހަރަކާތްތައް ކުރިޔަށްގެންދިޔުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ރާފިއު އައްޑޫ ސިޓީގެ ކުޅިވަރު ކްލަބްތަކުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުން

ރާއްޖޭގެ ކުޅިވަރު ކުޅޭ ތަންތަނަށް ބޭނުންވާ މަރާމާތުތައް ކުރުމަށް އުސޫލުތަކެއް ކަނޑައަޅައި އެކަން ހަރުދަނާ ގޮތެއްގައި ކުރެވޭނެ މަގު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.