Advertisement

18 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ޕޮލިސް ކޮލެޖުގެ ކުދިންތަކެއް ކާނާ ވިހަވި ހާދިސާގައި، އައިސީޔޫގައި ތިބި ކުދިންގެ ހާލު ވެސް މިހާރު އަންނަނީ ރަގަޅުވަމުން

އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެ  5 ދަރިވަރަކު އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދީފައި ވީ ނަމަވެސް، މީގެ ތެރެއިން ދެ ކުދިން ފިޔަވައި އެހެން ހުރިހާ ކުދިންނެއް މިހާރު ހޮސްޕިޓަލުން ޑިސްޗާޖުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. އަދި މި ވަގުތު އައިސީޔޫގައި ތިބި ދެ ކުދިންގެ ހާލު ރަގަޅު ވަމުން އަންނަ ކަމަށް ވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.

ކާނާ ވިހަވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ރޭ އެޑްމިޓް ކުރީ، ހިތަދޫގައި ހިންގާ ޕޮލިސް ކޮލެޖުގެ ތަމްރީނަށް ދިޔަ ފުލުހުންގެ ތެރެއިން 32 މީހެކެވެ. އޭގެ ތެރެއިން ޖުމްލަ ފަސް މީހަކަށް އައިސީޔޫގައި ރޭ ފަރުވާ ދޭން ޖެހުނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮލިސް ކޮލެޖުގައި ކޭޓަރިންގެ ހިދުމަތް ދެނީ ބެސްޓް ސިލެކްޝަން ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ ދަށުން މާލެ އާއި އައްޑޫގައި ވެސް ރެސްޓޯރަންޓުތައް ހިންގައެވެ. އަދި މި ކުންފުނިން އަންނަނީ ކޭޓަރިންގެ ހިދުމަތް ވެސް ދެމުންނެވެ.

މި ހާދިސާގައި ފުލުހުންނަށް އެހީތެރިވި ފަރާތްތަކަށް ވެސް އެ އިދާރާއިން ވަނީ މިއަދު ޝުކުރު ދަންނަވާފައެވެ.

"މި ހާދިސާގައި، އައްޑޫ ސިޓީގައި ގާއިމުވެފައިވާ އެކި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަ ކުރަމެވެ. ހާއްސަކޮށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ވެރިންނާއި މުވައްޒަފުން، ސަދަން ރީޖަންގެ ސިފައިން، ދާޚިލީ ވުޒާރާ، އައްޑޫ ސިޓީ ކައުންސިލު، ރެޑް ކްރެސެންޓު، ޕަބްލިކް ހެލްތު، ނޭޝަނަލް ކެޑޭޓް ކޯޕްސް، އައްޑޫ ސިޓީ އަވަށު އޮފީސްތަކާއި ހެލްތު ސެންޓަރުތަކުގެ އިތުރުން އެ ސިޓީގެ ވޮލަންޓިއަރުންގެ އެހީތެރިކަން ފާހަގަކުރަމެވެ."

ކާނާ ވިހަވުމުގެ ހާދިސާގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު ދެންނެވުމުގެ ގޮތުން ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.