Advertisement

ފެންޕްލާންޓަށް ދިމާވި މައްސަލަ ހައްުލު ކުރަން ފެނަަކައިގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ: ފެނަކަ

09 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

އައްޑޫގައި ފެނުގެ ޚިދުމަތް ދިނުމަށް ދިމާވި މައްސަަލަ ހައްލުކޮށްފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރެވިއްޖެކަމަށާއި ކުޑައިރުކޮޅެއްގެ ތެރޭގައި ފެނުގެ ޚިދުމަތް އަލުން ދޭން ފެށޭނެ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިގެ މެނޭޖިންގ ޑައިރެކްޓަރ މުއާޛު މުޙައްމަދު ރަޝީދު، "ނޫން.އެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލެއިން ތަކެތި ފޮނުވައި ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އަދި ފެނުގެ ޚިދުމަތް އަލުން ދޭން ފެށިފައިވާ ކަމަށެވެ.

މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އައްޑޫ ސިިޓީގެ ފެނުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ތާވަލުކުރެވިގެން ފެންޕްލާންޓް މަރާމާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފާއިތުވި ތަނުގައި ކޮށްފައި ނުވާތީ ކަމަށެވެ. އަދި ފެން ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފެނުގެ ޚިދުމަތް މެދުކެނޑިގެން ދިޔައީ، ފެނުގެ އެކަށީގެންވާ މިންވަރު ސްޓޯރޭޖެއް ޤާއިމް ކުރެވިފައި ނުވާތީކަންވެސް ފެނަކައިން ފާހަގަކޮށްފައި ވެއެވެ.

ފެނަކައިން ބުނީ، ކުރިޔަށް އޮތްތަނުގައި އެފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މެދު ނުކެނޑި ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހަރުދަނާ އިންތިޒާމްތަކެއްގެ ތެރެއިން ކުރާނެ ކަމުގެ ޔަޤީންކަން ކުންފުނީގެ އެންމެހައި ކަސްޓަމަރުންނަށްދޭ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އައްޑޫ ސިޓީގައި އެކަށީގެންވާ ފެނުގެ ސްޓޯރޭޖެއް ޤާއިމްކުރުމަށް މަސައްކަތް ކުރާނޭ ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ވަނީ، ފެނުގެ ޚިދުމަތް މެދުކެނޑިގެން ދިޔުމުން ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެެވެ. އަދި މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ޚިދުމަތް މެދު ކެނޑުނީ، ބުދަ ދުވަހުގެ މެންދުރު ފަހުގައެވެ. އަލުން ފެނުގެ ޚިދުމަތް ފޯރުކޮށްދޭން 76 ގަޑިއިރަށް ވުރެ ގިނަ ވަގުތު ވޭތުވެގެން ދިޔައީ، ފެންޕްލާންޓް މަރާމާތު ކުރަން ބޭނުންވާ ބައެއް ސާމާނު މާލެއިން ގެންދަށް ޖެހުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.