Advertisement

ފެނަކަ ކުންފުނީގެ މުވައްޒަފުންތަކެއް މިސްކިތެއްގައި ސޯލާޖެހުމުގެ މަސައްކަތުގައި -- ފޮޓޯ: ފެނަކަ

06 Dec 2023
ފެނަކަ
ނޫން

ނިންމާފައިވަނީ ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް އާނުކުރަން: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ދާއިމީ ވަޒީފާތަކުގައި ތިބި އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާކަމަށާއި، ކުންފުނިން ދޫކޮށްލުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓް މުއްދަތު ހަމަވާ މުވައްޒަފުންކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކުންފުނީގެ އައު މެނޭޖްމަންޓުން އެކުންފުނީގެ ގިނައަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށްބުނެ ސިޔާސީ ފަރާތްތަކުންނާއި މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް އެކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެކުންފުނީގެ ދާއިމީ މުވައްޒަފުންގެ ތެރޭގައި ހިމެނޭ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާ ކަމަށާއި، ކުންފުނީގެ އައު މެނޭޖްމަންޓުން ނިންމާފައި ވަނީ ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން، ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ މުވައްޒަފުން ދޫކޮށްލުމަށް ކަމަށެވެ. މިގޮތުން ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ދޫކޮށްލުމަށް ނިންމި މުވައްޒަފުންނަކީ، އެމުވައްޒަފުން ނަގާފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިމިފައިވާ، ނުވަތަ އެމުވައްޒަފުން ނަގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެކި ސަބަބުތަކާއި ގުޅިގެން މަސައްކަތް ހުއްޓި ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ހިނގާފައި ނުވާތަންތަނުގައި ތިބި ކޮންޓްރެކްޓް މުވައްޒަފުން ކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ފެނަކައިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އަދު ކުންފުނިން ދޫކޮށްލާފައިވާ ގިނަ މުވައްޒަފުންނަކީ، 30 ނޮވެމްބަރުގެ ނިޔަލަށް ކޮންޓްރެކްޓްގެ މުއްދަތު ހަމަވާގޮތަށް ވަޒީފާއަށް ނަގާފައިވާ މުވައްޒަފުންކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނެފައި ވަނީ، އެކުންފުނިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ސައްޙ ވާހަކަތަކެއް ނޫންކަމަށާއި، ރައްޔިތުންގެ ހިތްތަކުގައި އެކުންފުންޏާއި މެދު ނުރަގަނޅު ތަޞަވަރު އުފެދޭ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓައިލުމަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.