Advertisement

ދިއްދޫ ފެނަކަ އައު އިންޖީނުގެ --

16 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މާކެޓް އަގުން 23 މިލިއަނަށް އެޅޭ އިމާރާތް ފެނަކައިން އަޅަން އުޅެ 49 މިލިޔަން ޚަަރަދުވީ އިރުވެސް ނުނިމުނު

ކުރީ ސަރުކާރުގައި ފެނަކަ އިންޖީނުގެތައް އެޅުމަށް ކޮންޓްރެކްޓް މުވައްޒަފުން ނަގައިގެން ކުރިމަސައްކަތުގައި ކުންފުންޏަށް ލިބިފައިވާ މާލީ ގެއްލުންތަކުން ތަފާސް ހިސާބުތައް އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މުއާޛު މުޙައްމަދު ރަޝީދު ހާމަކުރައްވައިފިއެވެ.

ދިއްދޫ ފެނަކަ އިންޖީނުގެ އެޅުމުގެ މަސައްކަތަށް ފެނަކައަށް ނެގި ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓް އާނުކުރުމަށް ފެނަކައިން ނިންމުމާއި ގުޅިގެން ދިއްދޫގެ އެމުވައްޒަފުން ވަނީ ނުރުހުންފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން މުއާޛު ވަނީ އެމަޝްރޫޢާއި އެހެން ބައެއް މަޝްރޫޢުތަކަށް ފެނަކައިން ކުރަން ޖެހުނު ޚަރަދުތަކުގެ ތަފްސީލްތައް ޙިއްޞާކުރައްވާފައެވެ.

މިގޮތުން މާކެޓު އަގަށް ބަލާއިރު، އެއިމާރާތަކީ، 23 މިލިއަނަށް އެޅޭނެ އިމާރާތެއް ކަމަށާއި، އެހެން ނަމަވެސް އެއިމާރާތުގެ މަސައްކަތަށް މިހާތަނަށް 49.3 މިލިޔަން ރުފިޔާ ހޭދަކޮށް އަދިވެސް އިމާރާތް ނިމިފައި ނުވާކަން މުއާޛު ފާހަގަ ކުރެއްވިއެވެ.

ދިއްދޫ ފެނަކަ އިންޖީނުގޭގެ މަސައްކަތާއި ޚަރަދު ތަފްސީލް:

- އިންޖީނުގޭގެ ބޮޑުމިން - 1477.55 އަކަމީޓަރު

- މާކެޓް އަގުން އިންޖީނުގެ އެޅުމުގެ ޕްރޮޖެކްޓްގެ އަގު: 23،061،304.89ރ (ތޭވީސް މިލިޔަން ފަސްދޮޅަށް އެއްހާސް ތިންސަތޭކަ ހަތަރު ރުފިޔާ އައްޑިހަ ނުވަލާރި)

- އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތަށް ނަގާފައިވާ ކޮންޓްރެކްޓް މުވައްޒަފުންގެ އަދަދު: 70

- މުސާރަޔާއި އެހެނިހެން އިނާޔަތްތަކާއެކު މުވައްޒަފުންނަށް ހިނގާފައިވާ ޚަރަދު: 23،269،119.42ރ (ތޭވީސް މިލިޔަން ދެލައްކަ ފަސްދޮޅަސް ނުވަހާސް ސަތޭކަ ނަވާރަ ރުފިޔާ ސާޅީސް ދެލާރި)

- ޕެޓީކޭޝް: 428،473.24ރ (ހަތަރު ލައްކަ އަށާވީީސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ތިންރުފިޔާ. ސައުވިސް ލާރި)

- އިމާރާތްކުރުމަށް ބޭނުންވާ ތަކެއްޗަށް ހިނގި ޚަރަދު: 19،023،877.96ރ (ނަވާރަ މިލިޔަން ތޭވީސް ހާސް އަށް ސަތޭކަ ހަތްދިހަ ހަތްރުފިޔާ ނުވަދިހަ ހަލާރި)

- މުޅި ޕްރޮޖެކްޓަށް މިހާތަނަށް ހިނގާފައިވާ ޚަރަދު: 49،354،422.80ރ (ސާޅީސް ނުވަމިލިޔަން ތިންލައްކަ ފަންސާސް ހަތަރުހާސް ހަތަރުސަތޭކަ ބާވީސް ރުފިޔާ އައްޑިހަލާރި)

މީގެ އިތުރުން މުއާޛު ވަނީ، ގދ. ހޯޑެއްދޫގައި ފެނަކައިން ހިންގުމަށް ކަނޑައެޅި މަޝްރޫގެ އެއްވެސް މަސައްކަތެއް ކުރެވިފައިވާ ނުވާއިރު، ޕްރޮޖެކްޓް އަގަށް ވުރެ ބޮޑު ޚަރަދެއް މިހާރުވެސް ހިނގާފައިވާކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.