Advertisement

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ މުއާޛު މުޙައްމަދު ރަޝީދު --

02 May 2024
ޚަބަރު
ޢަލީ ސުލައިމާން

ފެނަކައިންވެސް ކަަރަންޓް ބިލްތަކަށް ޑިސްކައުންޓް ދެނީ

މާރިޗު މަހުގެ ކަރަންޓް ބިލްތަކަށް ޑިސްކައުންޓް ދީފައި ވާއިރު، އެ ބިލްގައި ރަމަޟާން މަހުގެ ބޭނުންކުރި ކަރަންޓްގެ ބައެއް ހިމެނިފައި ނުވާތީ، ފެނަކައިގެ ކަސްޓަމަރުންނަށްވެސް އޭޕްރީލް މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓެއް ދޭނެ ކަމުގައި ފެނަކަ ކުންފުނިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުއާޛު މުޙައްމަދު ރަޝީދު ވިދާޅުވީ، ޔުޓިލިޓީސް ރެގިއުލޭޓަރީ އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އެކުންފުނިންވެސް އަމަލު ކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުއާޛު މުޙައްމަދު ރަޝީދު ވިދާޅުވީ، މާރިޗު މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދީފައި ވާއިރު، އެމަހުގެ ބިލްގައި ހިމެނިފައި ވަނީ ރަމަޟާން މަހު 13 ދުވަސް ކަމަށެވެ. އަދި ބިލް ހަދާ ތާރީޚުތަކަށް ބަލާއިރު ރަމަޟާން މަސް ވަކިން ބިލް ހެދުމަކީ އެކަމުގައި ދަތިތަކެއް އޮތް ކަމެއް ކަމުގައިވެސް މުއާޛު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅަކީ، ރަމަޟާން މަހު ކަރަންޓް ބިލް އާއްމު މަސްތަކާއި އެއްވަރު ކުރުމުގެ ގޮތުން ގޭބިސީތަކަށް ޑިސްކައުންޓެއް ދިނުމެވެ. އާއްމުކޮށް ރަމަޟާން މަހަކީ، ގޭގޭގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިިތުރުވެ ކަރަންޓް ބިލްތައް ބޮޑުވެގެންދާ މަހަކަށް ވާއިރު، އަހަރުގެ ތެރޭގައި އަންނަ އެންމެ ހޫނު ދުވަސްވަރާއި ރަމަޟާން މަސް ދިމާވެފައި ވާތީ، ކަރަންޓް ބިލްތައް އިތުރަށް ބޮޑުވެފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.