Advertisement

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވާހަކަފުޅު ދައްކަވަނީ، ފޮޓޯ: ޕީއެންސީ

15 Jul 2024
ޚަބަރު

ފެނަކައަށް ގެއްލުންވާ ގޮތަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަން ވާނީ ނިންމާފައި: މުއާޒް

ފެނަކައަށް ގެއްލުންވާ ގޮތަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަން ނިންމައި، އެކަން ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގާފައިވާނެކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް ރަޝީދު ވިދާޅުވެއްޖެއެވެ. މުއާޒު މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި އާދީއްތަ ދުވަހުގެރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަސައްކަތްތަކަށް އަލިއަޅުވާލައްވައި އޭނާ ވިދާޅުވީ، އޭގެ ތެރޭގައި ނުއަގުގައި ފެނަކަ މެދުވެރިކޮށް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވާ 48 އޭޓީއެމްގެ މަސައްކަތާއި، ފިޝަރީޒް މިނިސްޓްރީން ފެނަކަ މެދުވެރިކޮށް ނުވަ އައިސް ޕްލާންޓް އަޅަން ހަވާލުކޮށްފައިވާ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި ފެން ޕްލާންޓު މަޝްރޫއުގައި ފެނަކައިން އިތުރަށް ހަރަދު ކުރަންޖެހޭ ކަމަށް ވެސް މުއާޒު ފާހަގަ ކުރެއްވެވިއެވެ.

ސަރުކާރުގެ މާލީ ހާލަތު ދަށަށް ގޮސް، ޚަރަދުތައް ކުޑަ ކުރުމުގެ ވާހަކަ މިހާރު ދައްކަމުން އަންނަ އިރު، ސަރުކާރުން ބުނަމުން ދަނީ ގައުމުގެ އިގްތިޞާދީ ހާލަތު ދަށަށް ގޮސްފައިވަނީ، ކުރީގެ ރައީސް، ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން، މުއާޒު ވެސް ވަނީ އެ މޭރުމުން ވާހަކަ ކުރިޔަށް ގެންގޮސްފައެވެ.

މުއާޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ދަރުވާލާފައި އޮތް މިންވަރު އަންދާޒާކުރި ވަރަށް ވުރެ މަތި ކަމަށާއި، މިހާތަނަށް ލިއުންތަކުން ސާފުވި އަދަދު 4.3 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.