Advertisement

މުއާޛު މހައްމަދު ރަޝީދު - ފެނަކަ ކުންފުނީގެ އެމްޑީ

12 Mar 2024
ޚަބަރު

ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން މުސާރަ ނުދެވި ތިބި މީހުންނަށް މިއަދު މުސާރަ ދެވޭނެ- ފެނަކަ

ފެނަކައިގެ ކޮންޓްރެކްޓް ސްޓާފުންގެ ތެރެއިން މުސާރަ އާއި އިނާޔަތްތައް ޖަމާކޮށް ނުދެވި ހުރި މުވައްޒަފުންނަށް މިއަދު ފައިސާ ޖަމާކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑައިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް ވިދާޅުވީ، ފެނަކައިގެ ކޮންޓްރެކްޓް މުވައްޒަފުންނަށް އަބަދުވެސް މުސާރަދެމުން އަންނަނީ ވަކިން ކަމަށާއި، ކުންފުނީގެ ދާއިމީ ހުރިހާ މުވައްޒަފުންނަށް މުސާރަ ދެމުން އަންނަނީ އެއް ޕޭރޯލެއްގެ ތެރެއިން ކަމުގައި މުއާޒް ވިދާޅުވިއެވެ.

ފެނަކަ ކުޅުދުއްފުށީ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތަށް ނަގާފައިވާ ކޮންޓްރެކްޓް ސްޓާފުންގެ ތެރެއިން ބައެއް މީހުން ވަނީ މިއަދު މުޒާހަރާކޮށްފައެވެ.

އެމީހުން ބުނެފައި ވަނީ، އެމީހުންނަށް ފެބުރުއަރީ މަހުގެ މުސާރަވެސް ދީފައި ނުވާ ކަމަށާއި، ރަމަޟާން މަހުގެ އިނާޔަތު ފައިސާވެސް ދީފައި ނުވާ ކަމަށެވެ. އެހެންވެ އިހްތިޖާޖުކުރީ އެމީހުންގެ ހައްޤުތައް ހޯދަން ކަމުގައި އެމުވައްޒަފުންގެ ތެރެއިން ބައެއް މީހުން ވަނީ ބުނެފައެވެ.

ފެނަކަ ކޯޕަރޭޝަންގެ ދަރަނިތައް ބޮޑުވެ އެކުންފުނި އޮތީ މާލީ ހާލަތު ވަރަށް ގޯސްވެފައެވެ. އެކުންފުނިން އަޅަންފަށާފައި ހުރި ބައެއް އިންޖީނުގެ ތަކުގެ މަސައްކަތްތައް ހުއްޓިފައި ވާއިރު އެތަންތަނުގައި މަސައްކަތް ކުރުމަށް ނަގާފައިވާ ކޮންޓްރެކްޓް މުވައްޒަފުން ކޮންޓްރެކްޓް އާނުކޮށް ދޫކޮށްލަމުންދާތީ ފެނަކައަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.