Advertisement

އައްޑޫ ސިޓީގަިއ ފެނުގެ ޚިދުމަތް ދިނުމަށް ދިމާވި މައްސަލަ ހައްލު ކުރުން --- ފޮޓޯ: ފެނަކަ

08 Dec 2023
ޚަބަރު
ނޫން

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަލުން މިރޭ ފެނުގެ ޚިދުމަތް ދެވޭނެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަލުން މިރޭ ފެނުގެ ޚިދުމަތް ދޭން ފެށޭނެކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެކުންފުނިން ބުނީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ފެނުގެ ޙިދުމަތްދޭ އާރް.އޯ ޕްލާންޓްއަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ވީ.އެފް.ޑީ ހިތަދޫއަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ. މި ވީ.އެފް.ޑީ އައްޑޫ ސިޓީއަށް ގެންގޮސްފައި ވަނީ މިރޭ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުއާޛު މުޙައްމަދު ރަޝީދު ވިދާޅުވީ، ފެނުގެ ޚިދުމަތް ވީއެންމެ އަވަހަކަށް ފޯރުކޮށް ދިނުމަށް އެކުންފުނީގެ މުވައްޒަފުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާކަމަށެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދު ކެނޑިފައި ވަނީ އިއްޔެ މެންދުރުން ފެށިގެންނެވެ. 

ފެނުގެ ޚިދުމަތް އަލުން ދިނުން ލަސްވެގެން ދިޔައީ، މާލެއިން ބައެއްތަކެތި ގެންދަން ޖެހުމުގެ ސަބަބުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.