Advertisement

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ސައީދު --

25 Oct 2023
ޚަބަރު

އޭސީސީން ހޯދުމަށް އަންގާފައިވާ ފައިސާއަކީ، 2017ގެ ކުރީގެ މައްސަލަތަކުގެ ފައިސާ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުގެ 75 މައްސަލައެއް ބަލަމުންދާކަމަށާއި، އެކުންފުންޏަށް ގެއްލިފައިވާ 20 މިލިޔަނަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދަން އަންގާފައިވާ ކަމަށް ބުނެ، އެންޓިކޮރަޕްޝަން ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބައެއް މައުލޫމާތު ހިމަނާފައި ވަނީ ހަޤީޤަތް އޮޅޭ ގޮތަށް ކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

މިދައުރުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ކޮރަޕްޝަނުގެ ގިނަ އަމަލުތަކެއް ހިނގާފައިވާ ކަމަށް ބުނެ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދިޔައީ ސަރުކާރު ބަދުނާމުކޮށް އެންޓިކެމްޕޭންތައް ކުރަމުންނެވެ. އެފަރާތްތަކުގެ ވާހަކަތަކަށް ބާރުލިބޭ ގޮތަށް، މައުލޫމާތު އޮޅޭ ގޮތަށް އޭސީސީން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައި ވަނީ، ފެނަކަ ކޯޕަރޭޝަނުގެ 75 މައްސަލައެއް ބަލަމުންދާކަމަށާއި، އެކުންފުންޏަށް ގެއްލިފައިވާ 20 މިލިޔަނަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދުމަށް ކުންފުންޏަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން މުއްދަތެއްގެ މައްސަލަތަކެއް ކަމެއް އޭސީސީގެ ބަޔާނުގައި ހާމަކޮށްފައި ނެތުމަކީ، އޭސީސީން މައުލޫމާތު ހާމަކުރުމުގައި، އޮޅުވާލީކަމަށް ތުހުމަތު ކުރެވޭ ކަމެކެވެ.

ފެނަކަ ކޯޕަރޭޝަނުން އެކަމާއި ގުޅޭ ގޮތުން މިއަދު ނެރުނު ބަޔާނުގައި ވަނީ، އޭސީސީގެ ބަޔާނުގައި ނުހިމަނައި ދޫކޮށްލާފައިވާ ބައެއްކަންކަން ސާފުކޮށްދީފައެވެ. މިގޮތުން އޭސީސީން ބަލަމުންދާކަމަށް ބުނާ 75 މައްސަލަ އަކީ، 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ދެމެދުގެ މައްސަލަތައް ކަމަށާއި، އަނބުރާ ހޯދުމަށް އަންގާފައިވާ، 20 މިލިޔަން ރުފިޔާއަކީވެސް އެމުއްދަތުގެ ތެރޭގައި ކުންފުންޏަށް ގެއްލިފައި ހުރި ފައިސާ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މިގޮތުން އޭސީސީން ފާހަގަކޮށްފައިވާ ބައެއް މައްސަލަތަކުގެ ތަފްސީލްތަކާއި އެމައްސަލަތަކާއި ގުޅޭ ފައިސާގެ އަދަދުތައް ވަކި ވަކިން އެގޭނެހެން ފެނަކައިން ވަނީ މައުލޫމާތު އާއްމުކޮށްފައެވެ.

އޭސީސީގެ ބަޔާނުގައި މައްސަލަތަކުގެ މުއްދަތު ނުހިމަނައި މައުލޫމާތު އާއްމުކޮށްފައި ވާއިރު، 92 ކަމެއް އިސްލާހްކުރުމަށާއި، ހިންގުމާއި ގުޅޭ އިދާރީކަންކަމުގެ 48 ކަމެއް ރަނގަޅު ކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާއި ގުޅޭ 24 ކަމެއް ރަނގަޅު ކުރުމަށް އަންގާފައިވާ ކަމުގައި އޭސީސީން ވަނީ ބުނެފައެވެ. 

އޭސީސީން ބަލާ މައްސަލަތަކުގެ މައުލޫމާތު އާއްމު ކުރުމުގައި އެކޮމިޝަނުން، ޢަމަލުކުރާ ގޮތާއި މެދު ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.