އެންޓި ކޮރަޕްޝަން ކޮމިޝަން
25 Oct 2023
ޚަބަރު
އޭސީސީން ހޯދުމަށް އަންގާފައިވާ ފައިސާއަކީ، 2017ގެ ކުރީގެ މައްސަލަތަކުގެ ފައިސާ: ފެނަކަ
ފެނަކަ ކޯޕަރޭޝަނުން އެކަމާއި ގުޅޭ ގޮތުން މިއަދު ނެރުނު ބަޔާނުގައި ވަނީ، އޭސީސީގެ ބަޔާނުގައި ނުހިމަނައި ދޫކޮށްލާފައިވާ ބައެއްކަންކަން ސާފުކޮށްދީފައެވެ. މިގޮތުން އޭސީސީން ބަލަމުންދާކަމަށް ބުނާ 75 މައްސަލަ އަކީ، 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ދެމެދުގެ މައްސަލަތައް ކަމަށާއި، އަނބުރާ ހޯދުމަށް އަންގާފައިވާ، 20 މިލިޔަން ރުފިޔާއަކީވެސް އެމުއްދަތުގެ ތެރޭގައި ކުންފުންޏަށް ގެއްލިފައި ހުރި ފައިސާ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
03 Oct 2023
ޚަބަރު
މި ދަނޑިވަޅުގައި އަލަށް ކަންކަން ނިންމައި ހަރަދުނުކުރަން އޭސީސީއިން އަންގައިފި
ރިޔާސީ އިންތިޚާބު ނިމި، ވެރިކަން ހިންގުމުގެ ބާރާ، އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މިދަނޑިވަޅުގައި، ކުރަންޖެހޭ ޚަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ޚަރަދުނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން އަންގަވައިފިއެވެ. އޭސީސީ މިގޮތަށް އަންގަވާފައިވަނީ ވެރިކަން ހިންގުމުގެ ބާރާ، އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މިދަނޑިވަޅުގައި،ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާ ކަމުގެ ގިނަ ޝަކުވާތަކެއް ކޮމިޝަނަށް ލިބެމުންދާތީއެވެ
12 Aug 2023
ޚަބަރު
އިންތިހާބުގެ ރިޝްވަތުގެ މައްސަލަ ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް
ރިޔާސީ އިންތިޚާބާއި ގުޅިގެން ހިންގާ އިންތިޚާބީ ރިޝްވަތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް ޤާއިމުކޮށްފިއެވެ.