Advertisement

ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތައް --

05 Feb 2024
ޚަބަރު

ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކޮށްފައިވާ ގޮތް ބަލަން އިތުރު ތަޙްޤީޤެއް ހިންގަނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެންމެ ފުރަތަމަ ދޫކުރާ 4000 ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި ދާއިމީ ލިސްޓް އެކުލަވާލުމުގައި ވަކި ފަރާތްތަކަކަށް ފްލެޓް ދިނުމަށް މަސައްކަތްކޮށްފައިވޭތޯ ބެލުމަށް އެކަމާއި ގުޅޭ އިތުރު ތަޙްޤީޤެއް ހިންގާނެ ކަމުގައި އެންޓިކަރަޕްޝަން ކޮމިޝަން އޭސީސީން ބުނެފިއެވެ.

އޭސީސީން މިއަދު ބޭއްވި ކުއްލި ނޫސްކޮންފަރެންސެއްގައި، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅި ގޮތާއި ގުޅޭ ގޮތުން އެކޮމިޝަނުން ހިނއްގި ތަހްޤީޤުގައި، ފްލެޓްދިނުމަށް ކަނޑައެޅި ޝަރުޠުތައް ފުރިހަމަނުވާ، 59.6 އިންސައްތަ މީހުން، ފްލެޓްލިބޭކަމަށް ޢިއުލާނު ކުރި ދާއިމީ ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.

ޝާމިލް ވިދާޅުުވީ، ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅި ގޮތް ބެލުމަށް، 4048 ފޯމެއް އެކޮމިޝަނުން ބަލާފައިވާ ކަމަށާއި، އަދި ޕޮއިންޓް ދިންގޮތާއި، ފްލެޓަށް އެދި ހުށައެޅި ފަރާތުން ދީފައިވާ މަޢުލޫމާތުގެ ސައްޙަކަށް ބަލާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަލައި ނެރުނު، ދާއިމީ ލިސްޓް ބަލައި ތަޙްޤީޤުކުރި އިރު ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަން، އޭސީސީގެ އިންވެސްޓިގޭޓަރުން ހުށައެޅި ޕްރެޒެންޓޭޝަނުގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ފޯމް ހުށައެޅި ފަރާތްތަކުން ހުށައެޅި، މައުލޫމާތާއި ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށަވަރުކޮށްފައި ނުވުމާއި، ޕޮއިންޓްދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ޕޮއިންޓް ދީފައިވާކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުރި މީހަކު ނުބަލަހައްޓާ މީހުންނަށްވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިން ޕޮއިންޓްދީފައިވުމާއި. އަމިއްލަ ގެދޮރާއި ފްލެޓް ހުރި މީހުންނަށް ފްލެޓް ލިބިފައިވުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅު މީހުންނަށް އެބައިން ފުލްކޮށް ޕޮއިންޓްދީފައި ވުމާއި، ދަރިން ނެތް މީހުންނަށް ދަރިންގެ ބައިންވެސް ދަރިން ނެތް މީހުންނަށް ފުލްކޮށް ޕޮއިންޓް ދީފައިވާކަން އޭސީސީގެ އިންވެސްޓިގޭޓަރުން ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ފްލެޓްތައް ދިނުމަށް ދާއިމީ ލިސްޓުގައި ހިމަަނާފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ޝަރުޠުހަމަނުވާ މީހުންކަމުގައި އޭސީސީން ބުނެފައިވާއިރު، ކުރީ ސަރުކާރުން ފްލެޓްދީފައިވާ ފަރާތްތަކުގެ އަތުން ފްލެޓްތައް އަތުލައި މިސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ދޭން އުޅޭ ކަމުގެ ތުހުމަތުތައް ވަނީ ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.