Advertisement

އޭސީސީގެ ރައިީސް އާދަމް ޝާމިލް ---

11 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ދައުރު ކުރަމުން އޭސީސީގެ ލިސްޓެއް ނޫން - އޭސީސީ

އެންޓި ކަރަޕްޝަން ކޮމިޝަނުން، ހައުސިންގ މިނިސްޓްރީ ފިޔަވައި އެއްވެސް ފަރާތަކަށް ފްލެޓްތަކުގެ ތަޙްޤީޤާއި ގުޅޭ މައުލޫމާތު ލިޔުމުން ދީފައި ނުވާނެ ކަމަށާއި، މިހާރު ދައުރުކުރަމުން ދަނީ އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމުގައި އޭސީސީން ބުނެފިއެވެ.

އޭސީސީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ފްލެޓް ދޫކުރުމާއި ގުޅޭ ގޮތުން، ތަޙްޤީޤުކުރަމުންދާ މައްސަލައިގައި، އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދަނީ އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށެވެ. އަދި އެމައްސަލަ އާއި ގުޅޭ ގޮތުން، ކޮމިޝަނުގެ ތަޙްޤީޤަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ތަޙްޤީޤުގެ ބޭނުމަށް ތައްޔާރުކޮށްފައިވާ ލިސްޓެއްގެ މައުލޫމާތު، މިހާތަނަށް ކޮމިޝަނުން ޙިއްޞާކޮށްފައި ވަނީ، އެމައްސަލަ ރައްދުވާ، މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓުގެ އިތުރުން، ކޮމިޝަންގެ ޤާނޫނުގެ 1-28ވަނަ މާއްދާއިން ޖަވާބު ދާރީވާންޖެހޭ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ އެކަނި ކަމުގައިވެސް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީގެ ލިސްޓްކަމަށް ބުނެ، ސޯޝަލް މީޑިއާގައި ވަނީ، ލިސްޓެއް އާއްމުކޮށްފައެވެ. އެކަމާއި ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނީ، ކޮމިޝަނުގެ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ކޮމިޝަނުގެ އެންމެ މަތީ މަސްލަޙަތަކީ، ޤާނޫނު ނަގަހައްޓައި، ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތްކުރުން ކަމުގެ ކަށަވަރުކަންވެސް ރައްޔިތުންނަށް ދޭ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.