Advertisement

03 Oct 2023
ޚަބަރު

މި ދަނޑިވަޅުގައި އަލަށް ކަންކަން ނިންމައި ހަރަދުނުކުރަން އޭސީސީއިން އަންގައިފި

ރިޔާސީ އިންތިޚާބު ނިމި، ވެރިކަން ހިންގުމުގެ ބާރާ، އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މިދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ޚަރަދު ނުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން އަންގަވައިފިއެވެ. އޭސީސީ މިގޮތަށް އަންގަވާފައިވަނީ ވެރިކަން ހިންގުމުގެ ބާރާ، އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މިދަނޑިވަޅުގައި، ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާ ކަމުގެ ގިނަ ޝަކުވާތަކެއް ކޮމިޝަނަށް ލިބެމުންދާތީއެވެ.

އޭސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތަކަށް އަމަލު ނުކުރުމަށެވެ. އެގޮތުން މުޅިން އައު ޕްރޮޖެކްޓުތައް ނުފެށުމަށާއި، ޚަރަދުކުރުމުގައި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް ޢަމަލުނުކުރުމަށާއި، ކުރަންޖެހޭ ޚަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ޚަރަދުނުކުރުމަށާއި، ކުރިން ބަޖެޓްކޮށްފައިނުވާ ނުވަތަ ކުރިން ޕްލޭންކޮށްފައިނުވާ އައު ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިނުކުރުމަށްވަނީ އަންގަވާފައެވެ.

މީގެއިތުރުން ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަނުގެ ޢަމަލަކަށް މަގުފަހިވާ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަނަމަ އެ ފަދަ ނިންމުންތައް ނުނިންމުމަށާއި، ލިޔެކިއުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު، ފައިސާއާއި، ވިޔަފާރިއާއި މުޢާމަލާތްތަކާ ގުޅުންހުރި އެއްވެސް ލިޔެކިއުމެއް ނައްތައިނުލުމަށް އޮފީސްތަކާއި، އިދާރާތަކާއި، ކުންފުނިތައް އަދި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ސަމާލުކަންދެއްވުމަށްވެސް އޭސީސީވަނީ ދަންނަވާފައެވެ.

އަދި މިދަނޑިވަޅުގައި މިފަދަ ޢަމަލެއް ހިނގާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެމަޢުލޫމާތު ކޮމިޝަނާ ހިއްސާކޮށްދިނުމަށް އޭސީސީންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި، ކޮމިޝަނުން އެފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގުކުރަން ޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުން ގެންދާ ކަމަށް އޭސީސީގެ ބަޔާނުގައިވަނީ ހާމަކުރައްވާފައެވެ. އަދި، މިފަދަ ޢަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.