Advertisement

އޭސީސީގެ ރައީސް އާދަމް ޝާމިލް --

05 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ގެދޮރުވެރިޔާ ފްލެޓް ލިބޭކަމަށް ކަނޑައެޅި 4000 މީހުންގެ ތެރޭގައި، އެއްވެސް މައްސަލައެއް ނެތި ޝަރުޠު ހަމަވާ ތިބީ 838 މީހުން - އޭސީސީ

ކުރީ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބުނު ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން އެއްވެސް މައްސަލައެއް ނެތި ޝަރުޠު ހަމަވާތިބީ 838 މީހުން ކަމުގައި އެންޓި ކަރަޕްޝަން ކޮމިޝަން އޭސީސީން ވިދާޅުވެއްޖެއެވެ.

އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފްލެޓްތަކާއި ގުޅޭ މައްސަލަ ތަހްޤީޤުކުރި އޭސީސީގެ ބޭފުޅުން ވިދާޅުވީ، ކޮމިޝަނަށް ހުށައެޅުނު މައްސަލަ އާއި ގުޅިގެން ފްލެޓް ލިބޭކަމަށް ކަނޑައެޅި ފޯމްތަކާއި އެކު 4048 ފޯމުގައި ހުރި މައުލޫމާތުތަކާއި އެފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތް ކޮމިޝަނުން ބަލައި ތަޙްޤީޤު ކުރިކަމަށެވެ.

4000 ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ފާހަގަވެފައި ވަނީ %20.7 މީހުން ކަމަށެވެ. އަދި %19.7 މީހުންނަކީ، ޝަރުޠު ހަމަވާކަމަށް ކަނޑައެޅި ނަމަވެސް އެމީހުން ހުށައަޅާފައިވާ ފޯމްތަކުގެ މައުލޫމާތަށް ބަލާއިރު ޝަރުޠު ހަމަ ނުވާ މީހުންކަމަށާއި، ފްލެޓް ލިބޭކަމަށް ކަނޑައެޅި މީހުންގެ ޖުމުލަ %59.6 (2،113) މީހުންނަކީ، ފްލެޓްދިނުމަށް ކަނޑައަޅާފައިވާ ޝަރުޠުތަކަށް ބަލާއިރު، ޝަރުޠު ހަމަނުވާ މީހުން ކަމުގައި، އޭސީސީގެ ތަޙްޤީޤަށް ފާހަގަވެފައިވާ ކަމުގައި އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ފްލެޓަށް އެދި 20697 މީހުން ފޯމް ހުށައަޅާފައިވާއިރު، 18167 މީހުންގެ ޝަރުޠު ފުރިހަމަވާކަމަށް، ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، އެއްވެސް މައްސަލައެއް ފާހަގަ ނުވާ ފަރާތްތަކަށް ފްލެޓްތައް ދޫކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމާއިއެކު، މައްސަލަތައް ހުރި ފޯމްތަކުގެ ކަންކަން އަލުން ބެލުން ކުރިން އެކަމުގައި އުޅުނު މީހުން ނުހިމަނައި ކުރިޔަށް ގެންދިޔުމަށް ލަފާދީފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.