Advertisement

24 Mar 2024
ކުޅިވަރު

ކޮރަޕްޝަންގެ ތުހުމަތުގައި މޫސައާ ގުޅުންހުރި ގިނަތަންތަން ރެއިޑްކޮށްފި

ބެޑްމިންޓަން އެސޯސިއޭޝަނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއެކީ، އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ ކުޅިވަރު ސާމާނު ވިއްކާ ފިހާރައާއި، އޭނާއާ ގުޅުންހުރި އެހެން ތަންތަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ބަލާފާސްކޮށްފިއެވެ.

އޭސީސީއިން ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާއިން މި އޮޕަރޭޝަން ކުރިޔަށް ގެންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައެވެ.

"ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން، ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ކޯޓު ޢަމުރުގެ ދަށުން ބަލާ ފާސްކުރަމުން ގެންދަނީ" 

އޭސީސީއިން މީޑިއާތަކަށް ފޮނުވި ނޯޓު

މީގެ އިތުރުން އޭސީސީއިން ވަނީ މިދިޔަ އަންގާރަ ދުވަހު ބެޑްމިންޓަން އޭސޯސިއޭޝަނުގެ އޮފީސް ވެސް ރެއިޑްކޮށްފައެވެ.

މި މައްސަލަގަނޑުގެ ތެރޭގައި، ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ހިންގާ ކޮމެޓީ އިންތިހާބު ކުރުމަށް  މި މަހުގެ 22 ވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބު މަޑުޖައްސާލުމަށް ވެސް މީގެ ކުރިން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލު އަންގާފައި ވެއެވެ. އެއީ ވެސް އެ އެސޯސިއޭޝަނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.

އަދި މިހާރު އެސޯސިއޭޝަން އިންތިހާބުގައި ވޯޓު ލެވޭ މެމްބަރުންނަކީ އިންތިހާބަށް ނުފޫޒު ފޯރުވޭނެ ގޮތަކަށް އެ އިހްތިޔާރު ލިބިފައިވާ ބައެއްކަމަށް ގަބޫލު ކުރެވޭތީ، އިންތިހާބުގެ ކުރިން އެކަންކަން ރަގަޅު ކުރަންޖެހޭކަމަށް ވެސް ޠަލާލު ބުނެފައިވެއެވެ. މީގެ އިތުރުން ފާއިތުވި ދައުރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވުމަކީ ވެސް އިންތިހާބު ފަސްކުރަންޖެހޭ އިތުރު ސަބަބެއްކަމަށް އޭނާ ފާހަގަ ކުރިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.