Advertisement

އޭސީސީއިން ފެބުރުވަރީ 2024 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް

16 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ކޮރަޕްޝަނުން ސަލާމަތްވެވޭނީ މުޅި ދައުލަތް އެއް ވިސްނުމެއްގައި އޮވެގެން: އޭސީސީ

ކޮރަޕްޝަނުން ސަލާމަތްވެވޭނީ މުޅި ދައުލަތް އެއް ވިސްނުމެއްގައި އޮވެގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެއެވެ. ނަމަވެސް، ދައުލަތުގެ އެކި ދިމާލުގައި އެކި ވިސްނުން ގެންގުޅުމަކީ މިކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ޝާމިލް އޭނާގެ ބަހަށް ބާރު ދެއްވަމުން މިސާލު ޖެއްސެވީ ފުލުހުންގެ ޕްރޮމޯޝަން މަޑު ޖައްސާލުމަށް އެސީސީއިން އެންގި މައްސަލައިންނެވެ. ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އެސީސީއިން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެންގުމުން އެކަމަށް ދެކޮޅު ހަދައި، އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި ބުނީ، އޭސީސީގެ އެންގުމަށް އަމަލުކުރަން ނުޖެހޭ ކަމަށެވެ.

މުޅި ދައުލަތުގެ ވިސްނުން އެކައްޗަކަށް ވާން ޖެހޭ. މިސާލަކަށް އެއް ކޭސްގައި އޭސީސީ އިން އަންގާ އެންގުމަކީ އެ އަށް އަމަލު ކުރަން ނުޖެހޭނެ އެއްޗެއް ކަމަށް ދައުލަތުން ވިދާޅުވާއިރު އަނެއް ކޭސްގައި އަޅުގަނޑުމެން ވަރަށް އަވަހަށް އެންގުންތައް އަންގަން ވާނެ ކަމަށް ވެސް ގަބޫލު ކުރަންޏާ އެ އުޅެނީ ދެ ދިމާލެއްގަ ދެ ވިސްނުމެއް

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.

ފުލުހުންގެ ޕްރޮމޯޝަން މަޑުޖައްސާލަން އަންގައި އެކަމަށް ފުލުސް އޮފީހުން އިޖާބަ ނުދިނުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިދިޔަ ޖެނުއަރީ މަހު ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ މި ނިންމުމާއެކު އޭސީސީއިން ދެން މިސްރާބު ޖެހީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށެވެ. އެހެންކަމުން ހައި ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ، ވަކި ކަމެއް ނުކުރަން ނުވަތަ މަޑުޖައްސާލަން އެންގުމުގެ ބާރު އޭސީސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ދައުލަތުން އިތުރަށް ބުނީ، އޭސީސީއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އިރު ވެސް ޕްރޮމޯޝަން އޮތީ ދީފައިކަމުން، އެކަމަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

އެ އަޑުއެހުމުގައި އޭސީސީގެ ވަކީލުން ބުނީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ހުރިހާ ކަންކަން ވެސް ހުއްޓުވުމަކީ އޭސީސީއަށް ގާނޫނީ ގޮތުން އޮތް ބާރެއް ކަމަށާއި ފުލުހުންގެ ޕްރޮމޯޝަން މަޑުޖައްސާލަން އެންގީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.