Advertisement

ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ނަމޫނާ ފްލެޓް -- ފޮޓޯ: ރައީސް އޮފީސް

05 Nov 2023
ޚަބަރު

ޝަކުވާތަކަށް ޖަވާބު ދީފައި މެނުވީ ފްލެޓްތައް ހަވާލު ނުކުރުމަށް އޭސީސީން އަންގައިފި

ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓަށް ހުށައަޅާ ޝަކުވާތަކަށް ޖަވާބު ނުދީ ފްލެޓްތައް ހަވާލު ނުކުރުމަށް އޭސީސީން ހައުސިންގ މިނިސްޓްރީއަށް އަންގައިފިއެވެ.

ފްލެޓް ލިބޭ ފަރާތްތައް ހިމަނާފައިވާ ދާއިމީ ލިސްޓް އިއްޔެ އާއްމުކުރުމާއި އެކު ގިނަ ބަޔަކު ވަނީ، ޕޮއިންޓް ދީފައިވާ ގޮތާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، އޭސީސީން ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ހުއްޓުވުމަށްވެސް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ޝަކުވާތައް ބަލައި ނިމެންދެން ކުރިޔަށް ނުގެންދިޔުމަށް ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށާއި، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފްލެޓްތައް ހަވާލުކުރުމާއި ގުޅޭ އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދިޔުމަށް ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާ ކަމުގައިވެސް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ހައުސިންގ މިނިސްޓްރީއަށް މި އެންގުން އަންގާަފައި ވާއިރު، އެމިނިސްޓްރީން ވަނީ މިއަދުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި ޝަކުވާ ހުށައެޅޭނީ ޕޯޓަލް މެދުވެރިކޮށް ކަމުގައިވެސް ހައުސިން މިިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.