Advertisement

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުއާޛު މުހައްމަދު ރަޝީދު --

16 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކުރީ، މަސައްކަތް ހުއްޓިފައި އޮތުމުން: ފެނަކަ

ކުރީ ސަރުކާރުގެ ދުވަސްވަރު، ދިއްދޫ ފެނަކަ އައު އިންޖީނުގޭގެ މަސައްކަތަށް ނެގި ކޮންޓްރެކްޓް ސްޓާފުންގެ ކޮންޓްރެކްޓްތައް އައު ނުކުރީ އިމާރާތްކުރުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެކޯޕަރޭޝަނުން ބުނީ، އެއިމާރާތުގެ މަސައްކަތް ހުއްޓިފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ފެނަކައިގެ ދަރަނިތައް ބޮޑުވެ އެކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާތީ، މަސައްކަތް ނުހިނގާ ސައިޓްތަކަށް ނެގި ކޮންޓްރެކްޓް ސްޓާފުންގެ ކޮންޓްރެކްޓް އައު ނުކުރާނެ ކަމުގައި ކުރިންވެސް ފެނަކައިން އޮތީ ބުނެފައެވެ.

އެހެން ނަމަވެސް މިއަދު، ހއ. ދިއްދޫގައި ފެނަކަ ކޮންޓްރެކްޓް މުވައްޒަފުންގެ މަސައްކަތް ކުރުމަށް ނަގާފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ، އެމީހުންގެ ކޮންޓްރެކްޓް އައު ނުކުރުމުގެ ސަބަބުން ވަޒީފާގެއްލުމާއި ގުޅިގެން އިހްތިޖާޖުކޮށްފައެވެ.

ވަޒީފާ ގެއްލުނު ހުރިހާ މުވައްޒަފުންނަކީވެސް، ދިއްދޫ ފެނަކަ އައު އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތަށް ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ނަގާފައިވާ މުވައްޒަފުންނެވެ. އެސައިޓްގެ މަސައްކަތް ހުއްޓިފައި ވިޔަސް ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާއި ހަމައަށް ފެނަކައިން އައީ އެމުވައްޒަފުންނަށްވެސް މުސާރަޔާއި ޢިނާޔަތްތައް ދެމުންނެވެ.

ފެނަކަ ކޯޕަރޭޝަން ހިންގުމަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑ ޑައިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ކުންފުނީގެ އާމްދަނީއާ ނުބައްދަލު އަދަދަކަށް ރިކަރެންޓް ޚަރަދު ބޮޑުވެގެން ގޮސްފައި ވަނީ އެކަށީގެންވާ އަދަދަށްވުރެ މާގިނައިން ކުންފުންޏަށް މުވައްޒަފުން ނަގާފައި ވާތީ ކަމަށެވެ. އެހެންކަމުން ކުންފުނި ސަލާމަތްކުރެވެން އޮތީ، ޚަރަދުތައް ކުޑަކުރެވެން އޮތް ހުރިހާ ދިމާއަކުން ކުޑަކޮށްގެން މުއާޒް ފާހަގަކުރައްވާފައިވެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ދަރަނި، 4 ބިލިއަނަށްވުރެ މައްޗެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.