Advertisement

ފޮޓޯ: ފެނަކަ

13 Aug 2023
ޚަބަރު

ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ކަނޑު ހުރަސްކޮށް ކަރަންޓް ކޭބަލްއެއް އަޅައިފި

ރާއްޖެގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ރަށަކަށް ކަނޑު ހުރަސްކޮށް ކަރަންޓް ކޭބަލެއް އަޅައިފިއެވެ.

މިކަރަންޓް ވިއުގަ ގުޅާލާފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓުގައި ޤާއިމްކުރި ޒަމާނީ އިންޖީނުގެއިން ފަރެސް މާތޮޑާއަށެވެ. 

މި އިންޖީނުގެއަކީ 10 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ފެންވަރަށް ޤާއިމްކޮށްފައިވާ އިންޖީނުގެއެއް ކަމަށް ފެނަކައިން ބުނެއެވެ. އަދި މި އިންޖީނުގެއަކީ ބޭރަށް އެއްވެސް އަޑެއް ނީވޭނެހެން ސައުންޑް ޕުރޫޕްކޮށް ހަދާފައިވާ ޒަމާނީ ފެންވަރުގެ އިންޖީނުގެއެކެވެ.

މިއިންޖީނުގެއިން ފަރެސް މާތޮޑާއަށް ކަރަންޓް ފޯރުކޮށްދެނީ ކަނޑު ހުރަސްކޮށް އަޅާފައިވާ ކޭބަލް ވިއުގައަކުންނެވެ. މިއިންޖީނުގެއިން ކުރިއަށް އޮތް 50 އަހަރަށް އެއްވެސް ދަތިކަމެއް ނެތި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގައި ހަދާފައިވާ މި އިންޖީނުގޭގެ ކެޕޭސިޓީއަކީ 1840 ކިލޯވޮޓެވެ. ސަރުކާރުން އަންނަނީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރަމުންނެވެ. އެގޮތުން މިހާރުވެސް މިގޮތައް ހުރި ގިނަ ރަށްރަށެއްގެ އިންޖީނުގެ ވަނީ ބަދަލުކޮށްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.