Advertisement

ގދ. ތިނަދޫގައި 2014 ވަނަ އަހަރު ބެހެއްޓި ފެން ޕްލާންޓް --

01 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ތިނަދޫ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް ވަނީ ހިންގަން ފަށާފައި: މުއާޒު

ގދ. ތިނަދޫގައި ފެން އުފެއްދުމަށް ބޭނުންކުރާ ޕްލާންޓަށް ދިމާވި މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުކޮށް، އެޕްލާންޓް ހިންގަން ފަށާފައިވާ ކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒު މިހެން ވިދާޅުވީ އެކުންފުނީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އޭނާ ވިދާޅުވީ، ތިނަދޫއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދެވެމުން ދިޔަ ނަމަވެސް ޕްލާންޓަށް ދިމާވި މައްސަލަ މިހާތަނަށް މުޅިން ހައްލުކުރެވިފައި  ނުވާކަމަށެވެ.

ފެނަކަ ކޯޕަރޭޝަނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މުއާޒު ވިދާޅުވީ، ފެން ޕްލާންޓްތައް ބަހައްޓައިގެން ފެނުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގައި އެކަށީގެންވާ ކެޕޭސިޓީއެއް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު ކަމަށެވެ. މިގޮތުން އެކުންފުނީގެ ފަރާތުން ފެނުގެ ޚިދުމަތް ފޯރުކޮށް ދެމުން އަންނަ، ދ. ކުޑަހުވަދޫ އާއި، ތ. ގުރައިދޫ އާއި، ގއ. ވިލިގިއްޔާއި ގދ. ތިނަދޫގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައިވެސް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކެޕޭސިޓީ އިތުރު ކުރެވިފައި ނެތްކަން މުއާޒު ފާހަގަކުރެއްވިއެވެ.

"މިއީ ބޮޑެތި ރަށްތަށް. މިރަށްރަށުގައި ޔޫ.އާރް.އޭގެ ރެގިއުލޭޝަންގައި ބުނާ މިންވަރަށްވެސް ނެތް އެތަނުގެ ކެޕޭސިޓީ ބިލްޑް ކުރެވިފައެއް މިހާރު މިހާތަނަކަށެއް. ޔޫ.އާރް.އޭގެ ގައިޑްލައިންގައި މިބުނަނީ، ދެ އާރްއޯޕްލާންޓް މިނިމަމް އެތަނެއްގައި އިންސްޓޯލްކުރެވިފައި ހުންނަން ޖެހޭނެ ކަމަށް. އެހެން ނަމަވެސް ތިނަދޫގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ، އެންމެ އާރްއޯ ޕްލާންޓެއް. މައްސަލަ ޖެހުނީމަ ދެން ހަމަ ވަގުތުން ޚިދުމަތް މެދު ކެނޑޭ ގޮތަށް މިހުންނަނީ މިތަންތަން މިއޮތް ޒަމާންވީ އިރުގައި. 7 ދުވަހުގެ ސްޓޯރޭޖް ކެޕޭސިޓީ ތިނަދޫގައިވެސް މިހުރީ"

މުއާޒު މުޙައްމަދު ރަޝީދު - މެނޭޖިން ޑައިރެކްޓަރ؛ ފެނަކަ ކޯޕަރޭޝަން

މުއާޒު ވިދާޅުވީ، ފެނުގެ ނިޒާމްގެ ކަންތައްތައް ހުރީ، ޕްލާންޓަކަށް ކަމެއް ދިމާވާއިރަށް، ދާދި އަވަހަށް ރައްޔިތުންނަށް  ޚިދުމަތް މެދު ކެނޑިގެންދާ ގޮތަށް ކަމަަށެވެ. އަދި ޔޫ.އާރް.އޭގެ މިންގަނޑާއި ޚިލާފަށް މިހުރިހާ ޒަމާންތަކެއްގައި، ހުރިހާ ސަރުކާރެއްގައި ހުރިހާ މެނޭޖްމެންޓްތަކަކުންވެސް އެކަންތައްތަކަށް އަޅާނުލައި، ދޫކޮށްލާފައި އޮތް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. 

ތިނަދޫގައި، ފެނުގެ ނެޓްވޯކް ޤާއިމްކޮށް ޚިދުމަތް ފަށާފައި ވަނީ 2014 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.