Advertisement

ޅ. ނައިފަރު --

16 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ފެން ހުސްވެ ފެނަކައިން ޅ. ނައިފަރުގައި ދޭ ފެނުގެ ޚިދުމަތް މެދު ކެނޑިއްޖެ

ޅ. އަތޮޅުގެ ވެރިކަން ކުރާރަށް ނައިފަރުގައި ފެނަކައިން ދޭ ފެނުގެ ޚިދުމަތް ފެންހުސްވުމުގެ ސަބަބުން މެދުކެނޑިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ނައިފަރުގައި ދެމުން އަންނަ ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި، ގޭގެއަށް ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފެން އުފެއްދުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށެވެ. އަދި ފެނުގެ ޚިދުމަތް މެދުކެނޑިގެން ދިޔުމުން ކަސްޓަމަރުންގެ ކިބައިން ފެނަކައިން ވަނީ މަޢާފަށް އެދިފައެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ފަތިހު 4:00ގެ ކުރިން ގޭގެއަށް އަލުން ފެންދޫކުރެވެން ފަށާނެ ކަމަށެވެ.

ޅ. ނައިފަރުން ފެނުގެ ޚިދުމަތް މެދު ކެނޑިގެން ދިޔައިރު މިމަހުގެ 7 ވަނަ ދުވަހު އައްޑޫ ސިޓީގައި ފެނަކައިން ދެމުންގެންދިޔަ ފެނުގެ ޚިދުމަތްވެސް މެދު ކެނޑިގެން ދިޔައެވެ. އައްޑޫގައި އަލުން ފެނުގެ ޚިދުމަތް ފެށުނީ މާލެއިން ތަކެތި ގެންގޮސް ފެންޕްލާންޓް މަރާމާތުކޮށް 3 ދުވަސް ފަހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.