Advertisement

ސްޓެލްކޯގެ ސަބް ސްޓޭޝަނަށް ގެއްލުންދީފައި --

02 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ކަރަންޓެ ކޭބަލެއް ވަގަށް ނެގުމުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިއްޖެ

ރޭ ފަތިހު މާލޭ މަޖީދިއްޔާ ސްކޫލު ކައިރީގައި ހުރި، ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ބުރިކޮށް ވަގަން ނަގައި، އަދި އެތަނަށް ގެއްލުން ދިނުމާއި ގުޅިގެން، އެސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓްގެ ޚިދުމަތް މެދު ކެނޑުނު ކަމުގައި ސްޓެލްކޯއިން ހާމަކުރައްވައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެކަމާއި ގުޅިގެން ކަރަންޓްގެ ޚިދުމަތް މެދު ކެނޑުނު ގެތަކަށް މިހާރު އަލުން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭން ފެށިފައިވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. 

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަޖީދިއްޔާ ސްކޫލު ކައިރީގައި ހުރި، ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރުގެ ކޭބަލްތަކެއް ބުރިކޮށް ވަގަށް ނަގާފައިވާ މައްސަލަ މިއަދު ހެނދުނު 6:12 ހާއިރުގައި ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ. އަދި އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، އެއީ އެކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާއޮތް ކަމަކަށް ވާއިރު، އަދި އެކަމުގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަޙުރޫމްކުރެވި، ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި، ވަގަށް ނަގާފައިވާ އެ ފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ޤާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަކީ ސްޓެލްކޯއިން އެދޭ ވަރަސް ބޮޑު އެދުމެއް ކަމަށެވެ.

މީގެ ކުރިން ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރެއްގެ ކޭބަލްތައް ބުރިކޮށް ވަގަށް ނަގަން އުޅުމުގެ ތެރޭގައި މީހަކު ކަރަންޓްގައި ޖެހިގެން މަރުވެސްވެފައިވެއެވެ. ލައިވް ކަރަންޓްދީފައިވާ ހައިވޯލްޓޭޖް ކޭބަލްތައް ބުރިކޮށް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، ވަގަށް ނަގާ މި ފަދަ ތަކެތި، ގަންނަނީ، ދަގަނޑާއި ލޮއިގެ ބާވަތްތައް ގަނެ އެކްސްޕޯޓް ކުރާ ފަރާތްތަކުން ކަމަށް ތުހުމަތުކުރެވިފައިވެއެވެ. އަދި އެތަކެތި ވަގަށް ނެގުމުގެ އަމަލުތައް ހިންގަނީ މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކުން މަސްތުވާތަކެތި ގަތުމަށް ފައިސާ ހޯދުމުގެ ގޮތުންކަމުގައިވެސް ތުހުމަތު ކުރެވިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.