Advertisement

11 Jul 2024
ޚަބަރު

ކަރަންޓުގެ ބޮޑު ހާދިސާއެއް ހިނގި ނަމަވެސް، 24 ގަޑިއިރު ތެރޭ ޚިދުމަތަށް ރުޖޫއަވެވޭ މިންވަރަށް ސްޓެލްކޯއިން ތައްޔާރުވާން ފަށައިފި

ނުރައްކާތެރި ހާދިސާއަކާ ގުޅިގެން އިންޖީނުގެއެއް އަނދާ ހުލިވިޔަސް 24 ގަޑިއިރުގެ ތެރޭގައި އެތަނެއް އޮޕަރޭޝަނަށް ގެނައުމުގެ ވިސްނުމާއެކު، އިންޖީނުގެއަކަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭ ފިހާރައެއް ހުޅުވުމަށް ސްޓެލްކޯއިން އެބަ ތައްޔާރުވެއެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ، މި ފިހާރަ ހުޅުވުމަށް ނިންމެވީ، އެހެން ބަޔަކަށް ބަރޯސާނުވެ ރާއްޖޭގައި ހަކަތަ އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، އިންޖީނުގެއެއް އަނދައި ހުލިވެއްޖެނަމަ، ހަމަ އެ ފެންވަރުގެ އިންޖީނުގެއެއް ހަދާނެ ކެޕޭސިޓީ މި ވަގުތު ނެތް ކަމަށެވެ. އެހެންކަމުން، ފަހުމީގެ ދުރު ވިސްނުންފުޅަކީ، މި މައްސަލަ ހައްލުކޮށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރު ކުރުމެވެ.

"އަޅުގަނޑުމެން މި ވިޔަފާރި ތެރެއަށް މި ވަންނަ ސަބަބަކީ، އަޅުގަނޑުމެން އަތަކު މިހާރު ނެތް އަޅުގަނޑުމެން އަމިއްލަ އިންޖީނުގެއެއް އަނދައި ހުލިވިޔަސް، ނުވަތަ ފެނަކައިގެ އިންޖީނުގެއެއް އަނދައި ހުލިވިޔަސް، ނޫނީ ރިސޯޓެއްގެ ތަނެއް އަނދައި ހުލިވިޔަސް އިންޖީނުގެއެއް ބިލްޑް ކުރާނެ ކެޕޭސިޓީއެއް،"

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެފައި ވެއެވެ.

އަދި މި ފިހާރައިގައި އިންޖީނުގެއަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުންނާނެކަމީ، ބޮޑު ހާދިސާއެއް ދިމާވި ނަމަވެސް އެކަން އަވަހަށް ހައްލުކުރުމަށް ހުޅުވިގެންދާނެ ފަސޭހަ ދޮރެއް ކަމަށް ފަހުމީ ވިދާޅުވިއެވެ. މީގެ އިތުރުން، މުޅިން އަލަށް އިންޖީނުގެއެއް ހެދޭނެ މިންވަރަށް މި ފިހާރައިގައި ތަކެތި ލިބެން ހުންނާނެކަމަށް ވެސް ފަހުމީ ފާހަގަ ކުރެއްވިއެވެ.

"މިތަން ހުޅުވައި މިތަނުގައި މިތަނުން އެ ބޭނުންވާ ހުރިހާ ސާމާނެއް ހުރުމުން އިންޖީނުގެއެއް ހަލާކު ވިޔަސް ރައްޔިތުންނަށް ޔަގީންކަން ދެވޭނެ 24 ގަޑިއިރު ތެރޭގައި ހިދުމަތް ދޭން ފެށޭނެކަން. މިއީ ހާޑްވެއާތަކުން ކުރާ ވިޔަފާރިއެއް ނޫން. އާންމު ވިޔަފާރިވެރިން މި ކުރާ ވިޔަފާރިއެއް ނޫން މިއީ. މި ހިދުމަތާ އެކު އަޅުގަނޑުމެންނަށް މުޅި ތަން އަލުން އަޅައިގެން ވެސް ބޭނުންކުރަން ފެށޭނެ ފެންވަރު ހުންނަނާނެ."

ފިހާރައިގެ ކެޕޭސިޓީއާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެފައި ވެއެވެ.

މި ފިހާރަ ހުޅުވުމަކީ ހާޑްވެއަރ ސާމާނާއެކު ކުދި ވިޔަފާރިތައް ކުރައްވާ ބޭފުޅުން ހާސްވާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އިންޓަވިއުގައި ފަހުމީ ވިދާޅުވެފައިވެއެވެ. ސަބަބަކީ މި ފިހާރާގައި ހުންނާނީ އާންމު ހާޑްވެއަރ ފިހާރަ ތަކުގައި ނުހުންނާނެ ބާވަތްތަކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.