Advertisement

ސްޓެލްކޯއިން ހިންގި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން، ފޮޓޯ: ސްޓެލްކޯ

27 Jun 2024
ސްޓެލްކޯ

ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސްޓެލްކޯއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ސްޓެލްކޯއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. ބުދަ ދުވަހު ސްޓެލްކޯއިން ހިންގި މި ހަރަކާތުގައި އެ ކުންފުނީގެ ސަތޭކައެއްހާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އިޖުތިމާއީ ކަންކަމަށް އަބަދުވެސް އިސްކަމެއް ދޭ، ސްޓެލްކޯއިން ހިންގި މި ޕްރޮގްރާމު އަމާޒަކީ، ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ހިއްސާވުންކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި ހަރަކާތާ ގުޅިގެން ސްޓެލްކޯގެ މެނޭޖުމަންޓުން ފާހަގަކޮށްފައިވާ ގޮތުގައި، މުޖުތަމައަށް ލާބަ އާއި މަންފާކުރާ ތަފާތު އެކި ދާއިރާ ތަކުން އާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އެ ކުންފުނިން އަބަދުވެސް ކުރާނެ ކަމެއް ކަމަށާއި، އެއީ ކުންފުނީގެ މެނޭޖުމަންޓުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމުގައެވެ.

މި ހަރަކާތް ހިންގާފައިވަނީ ސްޓެލްކޯއާއި މޯލްޑިވްސް ބްލަޑް ސާވިސަސް ގުޅިގެންނެވެ. އަދި ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މި ޕްރޮގްރާމް ކޮންމެ އަހަރެއްގައި ވެސް ކުރިޔަށް ގެންދިއުމެވެ.

އެ ކުންފުނިން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބޭއްވި 'ފަލަސްޠީނާއެކު ދިވެހީން'  ޚާއްޞަ ޓެލެތޯނަށް ވެސް ބައި މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.