Advertisement

ސްޓެލްކޯއިން މިއަދު ފެށި ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން --

05 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސްޓެލްކޯގެ އަމާޒަކީ 5 އަހަރުގެ ތެރޭގައި 5 ލައްކަ ގަސް އިންދުން- ސްޓެލްކޯ

ފަސް އަހަރުގެ ތެރޭގައި ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ސްޓެލްކޯއިން މިއަދު އިފްތިތާޙްކޮށްފިއެވެ.

ސްޓެލްކޯގެ މި ޕްރޮގްރާމް މިއަދު ފަށާފައި ވަނީ، ކ. ތުލުސްދޫގައެވެ. ތުލުސްދޫގައި މި ޕްރޮގްރާމް ފަށާފައި ވަނީ، ސްޓެލްކޯ އާއި ތުލުސްދޫ ކައުންސިލާއި، ތުލުސްދޫގެ ސަރުކާރުގެ މުއައްސަސާތަކާއި ތުލުސްދޫގެ ރައްޔިތުން ބައިވެރިކޮށްގެންނެވެ.

މި ޕްރޮގްރާމް މިއަދު ފަށާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ރާއްޖޭގައި 5 އަހަރުން 5 މިލިއަން ގަސް އިންދުމުގެ ވަޢުދު ފުރިހަމަ ކުރުމަށް މަސައްކަތް ކުރެއްވުމާއި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ކުރާ މަސައްކަތްތަކުގެ ތެެރެއިންނެވެ.

ސްޓެލްކޯއިން ވިދާޅުވީ، ސްޓެލްކޯއިން ޔުޓިލިޓީ ޚިދުމަތްތައް ދެމުން އަންނަ ރާއްޖޭގެ 30 ރަށެއްގައި މިއަދު މިޕްރޮގްރާމް ފަށާފައިވާ ކަމަށާއި އަމާޒަކީ މިއިން ކޮންމެ ރަށެއްގައިވެސް މަދުވެގެން މިއަދު އެކަނިވެސް 500 ގަސް އިންދުން ކަމަށެވެ.

މީގެ އިތުރުން މިއަދު ތުލުސްދޫގައި މި ޕްރޮގްރާމް ފެށި އިރު، އެރަށުގައި ކޮމިއުނިޓީގެ އެހީތެރިކަމާއިއެކު 5000 ގަހާއި 1000 ރުއް އިންދުމުގެ މަސައްކަތް ވަނީކޮށްފައެވެ.  

ރައީސުލްޖުމްހޫރިއްޔާގެ 5 މިލިއަން ގަސް އިންދުމުގެ ވަޢުދު ފުރިހަމަކުރުމުގައި ބައިވެރިވެ އެކަމާއި ގުޅޭ އެއްބަސްވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ސްޓެލްކޯއިން ވަނީ ސޮއެކޮށްފައެވެ. 

މިރަސްމިއްޔާތުގައި ތުލުސްދޫގެ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ސްޓެލްކޯގެ މިއިސްނެންގެވުމަށް ތަޢުރީފު ކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި ސްޓެލްކޯގެ މިމަސައްކަތްތަކުން ފެނިގެން ދަނީ، ހަކަތަ އުފެއްދުމަށް ކުރެވޭ މަސައްކަތަކާއި އެކު ތިމާވެށީގެ ޙިމާޔަތަށްވެސް ކުރާ މަސައްކަތްތައް ކަމުގައި އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ލަބީޤް މުޙައްމަދު މާހިދު، މ. މަނަދޫވިއު
ކަރަންޓު ބިލް ރަނގަޅުކޮށްދެއްވަން މަސައްކަތްކޮށްދެއްވާނީ ކޮންއިރަކުންތޯ؟
05 Jun 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.