Advertisement

ްސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

03 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މިމަހު މާލެއިން %94 އަދި ހުޅުމާލެއިން %85 ގޭބިސީގެ ކަރަންޓް ބިލްތައް ކުޑަ: ސްޓެލްކޯ

ސްޓެލްކޯއިން އެންމެ ފަހުން ފޮނުވި ކަރަންޓް ބިލްތައް އޭގެ ކުރީ މަހާއި އަޅާ ބަލާއިރު ނިސްބަތުން ގިނަ ގޭބިސީތަކަކަށް ކުޑަވެފައިވާކަންސް ސްޓެލްކޯއިން ފާހަގަކޮށްފިއެވެ.

ސްޓެލްކޯއިން ފަރާތުން ފޯރުކޮށްދޭ ކަރަންޓް ޚިދުމަތުގެ ބިލްތައް އާދާޔާއި ޚިލާފަށް ބޮޑު ކަމުގެ ޝަކުވާތައް ފާއިތުވި ދެތިން މަހުގައިވެސް އާއްމުން ގެންދިޔައީ ކުރަމުންނެވެ. މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަޙްމީ ވިދާޅުވީ، ނިމިދިޔަ މަހުގައި މާލެ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރެވުނު ނިސްބަތް އޭގެ ކުރީ މަހާއި އަޅާބަލާއިރު ދަށް ވެފައިވާ ކަމަށެވެ. މިގޮތުން މާލޭގެ %94 އިންސައްތަ ގޭބިސީގެ ކަރަންޓް ބިލްތައް ކުރީމަހަށް ވުރެ ކުޑަ ކަމުގައި ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ބައެއް ގޭ ބިސީތަކުގެ ކަރަންޓް ބިލްތައް އެކަށީގެންވާ މިންވަރަށް ވުރެ ބޮޑުވެފައިވާކަން ސްޓެލްކޯއަށްވެސް ފާހަގަވެފައިވާތީ އެކަންކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ކަރަންޓް ބިލްތައް މާލެއިން ބޮޑު ކަމަށް ފާހަގަވެފައިވާ %6 ގޭބިސީ އާއި ހުޅުމާލޭގެ %15 ގޭބިސީއަށް ސްޓެލްކޯގެ ޓެކްނިކަލް ޓީމްތައް ޒިޔާރަތްކޮށް އެ ގޭބިސީތަކުގައި ދިމާވެފައިވާ އަސްލު މައްސަލައަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ކުރެވުމަށް ނިންމަވައި އެމަސައްކަތް ފައްޓަވާފައިވާ ކަމުގައިވެސް ފަޙްމީ ވިދާޅުވިއެވެ.

"މިމަހު ލިބުނު ޝަކުވާތަކަށް ބަލާއިރު ކޮންމެވެސް ވަރަކަށް މަދު. އެހެން ނަމަވެސް އަޅުގަނޑުމެން މިގަސްދުކުރީ، ރައްޔިތުންނަށް މީގެ ވާނުވާ ކޮންމެވެސް ވަރަކަށް ކިޔައި ދިނުމަށް ނުވަތަ އެނގެން ޖެހޭކަމަށް އަޅުގަނޑުމެންވެސް ޤަބޫލު ކުރަން. މީގައި ޖުމުލަ ގޮތެއްގައި އަޅުގަނޑުމެން ބަލާލި އިރުގައި، މިމަހު ގާތްގަނޑަކަށް މި އިޝޫކުރި ބިލްތަކުގެ ތެރެއިން، 94 އިންސައްތަ ބިލް ވަނީ ކުޑަވެފައި މިދިޔަ މަހަށް ވުރެން."

ހުސައިން ފަޙްމީ - މެނޭޖިންގ ޑައިރެކްޓަރ / ސްޓެލްކޯ

ފަހްމީ ވިދާޅުވީ، މާލޭގައި ބިލް ބޮޑުވެފައިވާ %6 އިންސައްތަ ގޭބިސީ އާއި ހުޅުމާލޭގެ %15 ގޭބިސީގެ ބިލް ބޮޑުވި ސަބަބެއް ބެލުމަށްޓަކައި، އެނާޖީ އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން އެޕާޓްމެންޓްތަކުގެ ހާލަތާއި ބޭނުންކުރާ ކަރަންޓް އާލާތްތަކާއި ސަބަބުތައް ބަލައި ކަސްޓަމަރުންނަށްވެސް އެކަމާއި ގުޅޭ މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމުގައި ފަޙްމީ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކަރަންޓް އިޤުތިޞާދު ކުރުމަށް ކަސްޓަމަރުންނަށްވެސް މަގުފަހިވެގެން ދާނެ ކަމުގައިވެސް ފަޙްމީ ވިދާޅުވިއެވެ.

ކޮމެންޓް
މުހައްމަދު
ކޮންދޮގެއްހަދާކައްތިއުޅެނީ
03 Aug 2024
އަލިބެ ހުޅުމާލެ
މިގޭ ބިލް 4000 ގައި ހުރެފާ، ކުއްލިއަކަށް 5،900 އަށް. ޢަދި މި ބޮޑުވީ ގެ ތަޚުލާފަ، 15 ދުވަހު އެންމެން ރަށަކަށް ދިޔަ މަހު! ދެން ޖެހުނު މަހު ވެސް 5400 އަށް! ދެން މިބުނަނީ މިހާރު ބިލް ތިރިވިއްޔޭ!
03 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.