Advertisement

އެމްޓީސީސީގެ ސީއީއޯ ޢަބުދުﷲ ޒިޔާދު --

17 Jan 2024
ޚަބަރު

ދޮންއަނދަރާދަ ހިނގުން ހުޅުވާލުމުގެ މަސައްކަތް ހިނގަމުންދާ ގޮތް އެމްޓީސީސީގެ ސީއީއޯ ބައްލަވާލައްވައިފި

ދޮން އަނދަރާދަ ހިނގުން ހުޅުވާލުމަށް އެމްޓީސީސިގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް، އެކުންފުނީގެ ސީއީއޯ ޢަބުދުﷲ ޒިޔާދު އެސަރަހައްދަށް ޒިޔާރަތް ކުރައްވައި ބައްލަވާލައްވައިފިއެވެ.

ދޮންއަނދަރާދަ ހިނގުން ހުޅުވާލުމުގެ މަސައްކަތުގެ ތެރެއިން އެމަގަށް ވާގޮތަށް ކުރިން އަޅާފައި ހުރި އިންޖީނުގެތަކުގައި، އިންޖީނު ބެހެއްޓުމަށް ތައްޔާރުކޮށްފައި ހުރި ބެޑްތައް ތަޅާލައި މެގުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސިންނެވެ. 6 ފޫޓު ބޯމިނުގައި އަޅާފައިވާ ބޮޑެތި ކޮންކްރީޓް ބެޑުތައް އެތަނުން ތަޅައި މެގުމުގެ މަސައްކަތަކީ، އެމަގު ހުޅުވާލުމަށް ސްޓެލްކޯއިން ކުރި މަސައްކަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

އެމްޓީސީސިން ކޮންކްރީޓް ބެޑްތައް ތަޅައި ނެގުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ: ނޫން.އެމްވީ

އެންމެ ފުރަތަމަ މިޖެނުއަރީ މަހުގެ ތެރޭގައި އެމަގު ހުޅުވާލުމަށް އަމާޒު ސްޓެލްކޯއިން އަމާޒު ހިފިނަމަވެސް އެކަމުގައި ދިމާވެ އެންމެ ބޮޑު ގޮންޖެހުމަކީ، ބޮޑެތި ކޮންކްރީޓް ބެޑްތައް ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތެވެ. އެމަސައްކަތް ފުރަތަމަ ހަވާލުކުރި ކުންފުނިތަކަށް ކުރެވޭގޮތް ނުވުމުން މިހާރު އެމަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ.

ސްޓެލްކޯއިން އަމާޒު ހިފާފައި ވަނީ ރޯދައިގެ ކުރިން ދޮން އަނދަރާދަ ހިނގުން ހުޅުވާލުމެވެ. އަދި އެމަގު ހުޅުވާލުމުގެ ދެބައިވެގެންދާ ސްޓެލްކޯގެ ދެބިން، ގުޅުވާލުމަށް ނިންމާފައި ވަނީ، ދަށުން ހެވީ ވެހިކަލްތައްވެސް ދަތުރު ކުރާނޭ ޖާގަ ލިބޭ ގޮތަށް މަތިން ބްރިޖެއް އަޅައިގެން ކަމުަގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މީގެ 13 އަހަރު ކުރިން ބަންދުކުރި، ދޮން އަނދަރާދަ ހިނގުން އަމީނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅިގެންދާގޮތަށް ހުޅުވާލުމުން އެސަރަހައްދުގެ އާއްމު ޓްރެފިކަށް ފަސޭހަތައް ވެގެންދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.