Advertisement

23 Mar 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ކަރަންޓުގެ އަސާސީ ޚިދުމަތަށް ބުރޫ އަރަނީ ޓްރާންސްފޯމަރުތައް ވަގަށް ނަގާތީ: ފަހުމީ

ހުކުރު ދުވަހުގެ ފަތިހާއި އެ ދުވަހުގެރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ، ސްޓެލްކޯގެ ސަބްސްޓޭޝަންތައް ހަލާކުކޮށް، އެތަންތަނަށް ވަދެ، އެ ތަންތާގައި ހުރި ޓްރާންސްފޯމަރުތަކުގެ އެކި ބައިތަށް ވަގަށް ނަގަމުންދާތީ ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ

މިކަމާ ގުޅިގެން ކަރަންޓުގެ އަސާސީ ޚިދުމަތް މެދުނުކެނޑި 24 ގަޑިއިރު ދިނުމަށް ސްޓެލްކޯއަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށް ހާމަކުރަމުން އެ ކުންފުނީގެ އެމްޑީ ވިދާޅުވީ، މި މައްސަލަ ބެލުމަށް ކަމާ ގުޅޭ އިދާރާތަކަށް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ. އެ ކުންފުނިން ކަމާބެހޭ ފަރާތްތަކުގެ ފަރާތުން އެދިފައިވަނީ، މިފަދަ ވައްކަންތައް ކުރާ ފަރާތްތަކުގެ އިތުރުން، ވަގަށް ނަގައިގެން ވިއްކާ މިފަދަ ތަކެތި ގަންނަ ފަރާތްތަކާމެދު ވެސް ފިޔަވަޅުއެޅުމަށެވެ

އެމްޑީ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓު

މި ސީރިއަސް މައްސަލައިގެ ކަންބޮޑުވުން، އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ވަނީ ސޯޝަން މީޑިއާގައި ވެސް ހިއްސާ ކުރައްވާފައެވެ. ފަހުމީ ވިދާޅުވީ، ސްބްސްޓޭޝަންތަކަށް ވަދެ، އެތަންތާ ހުރި ޓްރާންސްފޯމަރުތަކާ ބެހުމަކީ ހަގީގަތުގައި އެކަން ކުރާ ފަރާތްތަކަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.