Advertisement

ޙުސައިން ފަޙްމީ، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ --- ފޮޓޯ: ސްޓެލްކޯ

20 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދޭން މަސައްކަތް ކުރެއްވުމަށް ސްޓެލްކޯގެ އެމްޑީ އެދިވަޑައިގެންފި

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދޭން މަސައްކަތް ކުރެއްވުމަށް ސްޓެލްކޯގެ އެމްޑީ އެދިވަޑައިގެންފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ޤައުމު އޮތީ، ބަނގުރޫޓުވުމާ ގާތުގައި ކަމަށެެވެ.

އަދި މި ހާލަތުން އަރައިގަތުމަށްޓަކައި ކުރާން އޮތް އެންމެ ބޮޑު ޤައުމީ މަސައްކަތަކީ ލޯނުތައް ރިސްޓަރަކްޗަރ ކުރުމާއި މާލީ ނިޒާމު އިސްލާހުކޮށް، ޤާނޫނީ އޮނިގަނޑު މެދުވެރިކޮށް ހެޔޮބަދަލުތައް ގެނައުންކަމަށާއި، އެކަން ކުރެވޭނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އަގަކާނުލައި ހެޔޮ ހިތުން ސަރުކާރަށް ތާޢީދުކުރާ، ޤައުމީ ލާބައަށްޓަކައި ސަރުކާރާއިއެކު މަސައްކަތް ކުރާނެ ކެނޑިޑޭޓުންނަށް ދީގެންކަމުގައި ފަޙްމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޤައުމީ މަސްލަހަތު އިސްކުރައްވައި ސަރުކާރު ބާރުވެރި ކުރުވުމަށް، ޤައުމީ މި މަސައްކަތުގައި ހުރިހާ ދިވެހިން އެކުގައި އެއްބައިވަންތަކަމާއިއެކު ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރާ 93 ދާއިރާއަށްވެސް ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓުން ނެރެފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ، މިއަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.