Advertisement

ދޮން އަނދަރާދަ މަގު ހުޅުވާލުމަށް ކުރެވޭ މަސައްކަތާއި ގުޅޭ މައުލޫމާތު ސްޓެލްކޯގެ އެމްޑީ ޙުސައިން ފަހުމީ މީޑިއާ އާއި ހިއްސާކުރައްވަނީ --

10 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ދޮން އަނދަރާދަ ހިނގުން ހުޅުވާލުން، ސްޓެލްކޯއިން ކުރާ ގޮންޖެހުން ބޮޑު ބުރަ މަސައްކަތެއް

ސްޓެލްކޯގެ ބޭނުމަށް 2010 ވަނަ އަހަރުންފެށިގެން ބަންދުކޮށްފައި އޮތް ދޮން އަނދަރާދަ ހިނގުން ހުޅުވާލުމުގެ މަސައްކަތަކީ ބުރަ އަދި ގޮންޖެހުން ބޮޑު މަސައްކަތެއް ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ވަނީ، ދޮޮންއަނދަރާދަ މަގު ހުޅުވާލުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލާފައެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ކުރިން ސްޓެލްކޯއިން ނިންމީ މިމަހުގެ 15ގައި އެމަގު ހުޅުވާލުމަށް ނަމަވެސް އެމަގު ހުޅުވާލުމަށް ކުރަންޖެހިފައި ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ. މިގޮތުން އެމަގު ބަންދުކޮށް އެސަރަހައްދު ސްޓެލްކޯއިން ބޭނުންކުރި އިރު، މަގަށްވާގޮތަށް އަޅާފައިވާ އިމާރާތްތައް ރޫޅައި ނެގުމުގެ މަސައްކަތުގައި، ކުރިމަތިވި އެންމެ ބޮޑު ޖެހުމަކީ އިންޖީނުތައް ބެހެއްޓުމަށް ހަދާފައިވާ ކޮންކްރީޓް ބެޑްތައް ތަޅާލައި ނެގުން ކަމުގައި އޭނާ ވިދާޅުވިއެވެ. 

އިންޖީނުތައް ބެހެއްޓުމަށް ހަދާފައިވާ ބެޑުތައް ތަޅާލާފައި ނަގަނީ --

ފަހުމީ ވިދާޅުވީ، އިންޖީނުތައް ބެހެއްޓުމަށް އަޅާފައިވާ ކޮންކްރީޓް ބެޑްތައް ހުރީ މަގުގެ ސަރަހައްދުގައި ކަމަށް ވާއިރު، އެބެޑްތައް ހަދާފައި ހުރީ، 6 ފޫޓު ބޯކޮށްއަޅާފައިވާ ވަރަށް ވަރުގަދަ ކޮންކްރީޓުން ކަމަށެވެ. އެ ކޮންކްރީޓްތައް ތަޅައި ނެގުމަށް ތިންފަރާތަކާއި ހަވާލުކޮށް އެފަރާތްތަކަށްވެސް އެކަން ނުކުރެވިގެން މިހާރު އެމަސައްކަތް ކުރަމުން ދަނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކަމުގައިވެސް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން މިހާރު ލަފާކޮށްފައި ވަނީ، ދޮން އަނދަރާދަމަގަށް އަރާގޮތަށް ހުރި ޢިމާރާތްތަކާއި، އިންޖީނުތައް ބެހެއްޓުމަށް އަޅާފައިވާ ބެޑްތައް ނަގައި އަލުން އެމަގު ހަދައި ހުޅުވައިލެވޭނީ ޖެނުއަރީ ނިމޭހައި ތަނަށް ކަމަށެވެ. 

ދޮންއަނދަރާދަ މަގު --

ދޮން އަނދަރާދަ މަގަކީ، އަމީނީ މަގުން، ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގޮތަށް އޮތް މަގަކަށްވުމާއި އެކު އެމަގު ހުޅުވާލެވުމުން އެސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތަކަށް ލުއިތަކެއް ލިބިގެންދާނެއެވެ. އެމަގު އަލުން ހުޅުވާލުމުން ސްޓެލްކޯގެ ދެކޮށި ގުޅާލާނީ މަތިން ބުރިޖެއް އަޅައިގެން ކަމުގައިވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.