Advertisement

22 Apr 2025
ސްޓެލްކޯ

ސްޓެލްކޯގެ އިންޖިނިއަރިން ސްކޮލާޝިޕްއާ ގުޅޭ މަޢުލޫމާތު ދިނުމަށް ސެޝަންތަކެއް ބާއްވަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުވާލާފައިވާމެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕްއަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ޚާއްޞަ ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓެލްކޯގެ ޓްރެއިނިންގ ރޫމްގައި (ފަސްވަނަ ފަންގިފިލާ) 2025 އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ވޯކް-އިން އިންފޮމޭޝަން ސެޝަން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި ސްކޮލާޝިޕްތަކާ ގުޅޭ ހުރިހާ މަޢުލޫމާތެއް ދެވޭނެކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން، އެ ދުވަހުގެ މެންދުރުފަހު 13:00 އިން 14:00 އަށް އޮންލައިން އިންފޮމޭޝަން ސެޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމުން، މީޓިންގ ލިންކު ހިއްސާކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެމެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕްއަކީ އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި ސްކޮލާޝިޕްގެ އިތުރު މަޢުލޫމާތު https://stelco.com.mv/scholarships އިން ލިބެން ހުންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯގެމެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕްއަކީ އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި ސްކޮލާޝިޕްގެ އިތުރު މަޢުލޫމާތު https://stelco.com.mv/scholarships އިން ލިބެން ހުންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން މިފަދަ ސްކޮލާޝިޕް ފުރުޞަތުތައް ހުޅުވާލުމަކީ، ޤައުމުގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ސްކޮލާޝިޕް ފުރުޞަތުތަކުގެ ސަބަބުން، ގިނަ ދިވެހި ދަރިވަރުންނަށް އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.