Advertisement

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ

02 Mar 2025
ޚަބަރު

ރޯދަމަހު ޑޮމެސްޓިކް ހުރިހާ ކަސްޓަމަރުންނަށްވެސް %10 ޑިސްކައުންޓް ލިބޭނެ: ފަހުމީ

ރޯދަމަހުގެ ކަރަންޓް ބިލުން ސްޓްލެކޯގެ ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށްވެސް މަދުވެގެން %10 ޑިސްކައުންޓެއް ލިބޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވެއްޖެއެވެ.

ފަޙްމީ މިހެން ވިދާޅުވީ، ރޯދަ މަހުގެ ކަރަންޓާއި ފެނުގެ ބިލްތަކުން ޑިސްކައުންޓް ދޭގޮތް ތަފްސީލްކޮށްދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަޙްމީ ވިދާޅުވީ، ސްޓެލްކޯއިން ޑިސްކައުންޓް ދޭނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ގޮތަށް ރައްޔިތުންނަށް ޚަރަދުކުޑަ އަދި އެންމެ ލުއި ފަސޭހަ ވާނޭ ގޮތަށް ކަމަށެވެ. މިގޮތުން ޑިސްކައުންޓް ދެވޭނީ ބިލްތަކުގެ އެވްރެޖަށް ބަލައިގެން ކަމުގައިވެސް ވިދާޅުވިއެވެ.

"ޑިސްކައުންޓް ދެވޭނެ ގޮތަކީ 2024 ވަނައަހަރުގެ ކަރަންޓު އެންމެ ގިނައިން ބޭނުންކޮށްފައިވާ ފެބްރުއަރީ، މާރޗް އަދި އޭޕްރީލް މަސް އުނިކުރުމަށްފަހު ބާކީ އޮންނަ 9 މަހުގެ ކަރަންޓް ބިލްގެ އެވްރެޖަކީ، ޢާއްމު މަސްތަކުގަ ކަރަންޓް ބޭނުންކުރާ މިންވަރު ކަމަށް ބަލައި، އެމިންވަރަށްވުރެ އިތުރަށް މިރޯދަމަހު ބޭނުންކުރާ މިންވަރު ރޯދައިގެ ޑިސްކައުންޓްގެ ގޮތުގައި ދިނުން!"

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ

ފަހުމީ ވިދާޅުވީ، އާއްމު މަސްތަކުގަ ކަރަންޓް ބޭނުންކުރާ އެވްރެޖަށްވުރެ މިރޯދަމަހު ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވިއަސް އެފަދަ ފަރާތްތަކަށްވެސް %10 ގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މީގެ އިތުރުން 9 މަސް ދުވަހުގެ އެވްރެޖް ނެގެން ނެތް ތަންތަނަށްވެސް %10 ޑިސްކައުންޓު ލިބިގެންދާނެކަމަށާއި، ޖުމުލަ ގޮތެއްގައި އެންމެ މަދުވެގެން %10 ނުލިބޭ އެއްވެސް ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނެ ކަމުގައިވެސް ފަޙްމީ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ރޯދަމަހުގައިވެސް ސަރުކާރުން ވަނީ ކަރަންޓުން އާއްމު ގޭބިސީތަކަށް %10ގެ ޑިސްކައުންޓެއް ދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.