Advertisement

ސްޓެލްކޯ ---

09 Mar 2025
ޚަބަރު

ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއްދޭން ސްޓެލްކޯއިން އިލްތިމާސްކޮށްފި

ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވަމުން އަންނާތީ ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައެވެ.

އެކުންފުނިން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ، މާލެ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި އަދި ޚާއްޞަކޮށް ކޮންމެ ދުވަހަކުވެސް އެއްގަޑިތަކެއްގައި ކަރަންޓް ބޭނުންކުރާ މިންވަރު މަތިވާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯއިން ބުނީ މިރަމަޟާންމަހުގެ ފާއިތުވި ހަތްދުވަހަށް ބަލާއިރު އެންމެ ބޮޑަށް ކަރަންޓް ބޭނުން ކުރާ މިންވަރު ދަށްވަނީ، މެންދަމު 12އިން ފެށިގެން ހެނދުނު 7 އާއި ހަމައަށް ކަމަށެވެ. އަދި ކަރަންޓް ބޭނުންކުރާ މިންވަރު އެންމެ މަތިވެގެން ދަނީ މެންދުރު ފަހު 2 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކަމަށާއި، ރޭގަނޑު 9އިން 11އަށްވެސް ކަރަންޓް ބޭނުން ކުރާ މިންވަރު މަތިވެގެންދާކަމުގައި ސްޓެލްކޯއިން ހާމަކުރައްވާފައިވެއެވެ.

ސްޓެލްކޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިރޯދަމަހުގެ ފުރަތަމަ 7 ދުވަހުގެ ތެރެއިން ކަރަންޓް ބޭނުންކުރި މިންވަރު އެންމެ މަތިވެފައި ވަނީ، ރޯދަމަހުގެ 6 ވީ ބުދަ ދުވަހުގައެވެ. އެދުވަހު ވަނީ 96.9 މެގަވޯޓާއި ހަމައަށް ކަރަންޓް ލޯޑު މަތިވެފައެވެ. ކަރަންޓް ބޭނުން ކުރި މިންވަރު އެންމެ ދަށްވެފައި ވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުގައެވެ. އެދުވަހު 78.0 މެގަވޯޓަށް ކަރަންޓް ލޯޑުދަށްވިއެވެ.

ސްޓެލްކޯއަށް މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށް ދިނުމުގެ ކެޕޭސިޓީއަކީ 120 މެގަ ވޯޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.