Advertisement

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރާއި މިނިސްްޓަރ ޠާރިޤު --

28 Feb 2025
ޚަބަރު

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯ އިން ކުރަމުން އަންނަ މަސައްކަތް މިނިސްޓަރ ޠާރިޤު ބައްލަވާ ލައްވައިފި

ކުރިޔަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ކުރަމުން އަންނަ މަސައްކަތްތައް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް ބައްލަވައި ލައްވައިފިއެވެ.

ސްޓެލްކޯއިން ހާމަކުރައްވާފައިވާ ގޮތުގައި، ގްރޭޓާމާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް އިތުރު ކުރާ 12 ޖަނަރޭޓަރުސެޓް ބެހެއްޓުމަށްޓަކައި އެކުންފުނިން ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް ބުރާސްފަތި ދުވަހުގެރޭ ވަނީ ސައިޓަށް ޒިޔާރަތް ކުރައްވާފައެވެ. ސްޓެލްކޯއިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިސްޓަރ ޠާރިޤަށް މައުލޫމާތު ދެެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީއެވެ.

މިނިސްޓަރ ޠާރިޤު ވަނީ ޕީކް ސީޒަނުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް ސްޓެލްކޯއިން ކުރު މުއްދަތެއްގެ ތެރޭގައި ކުރަމުންގެންދާ މަސައްކަތްތަކަށް ސާބަސް ދަންނަވައި ކުންފުނީގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައި ކަމުގައި ސްޓެލްކޯއިން ވަނީ ހާމަކުރައްވާފައެވެ.

ކޮންމެ އަހަރަކުވެސް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ކަރަންޓް އުފައްދާ މިންވަރު މަތިކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެއެވެ. މިއަހަރުގެ ރަމަޟާން މަސް ހޮނިހިރު ދުވަހު ފެށޭއިރު ސްޓެލްކޯއިން ވަނީ ކަރަންޓްގެ ޚިދުމަތް ދިނުމަށްޓަކައި އިތުރު ވަޞީލަތްތައް ޤާއިމްކޮށް އެކަމަށް ތައްޔާރުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.