Advertisement

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ އާއި އެކުންފުނީގެ ބައެއް މުވައްޒަފުން --

04 Mar 2025
ޚަބަރު

ދެބިލެއް ފޮނުވި ސަބަބު ސްޓެލްކޯއިން ސާފުކޮށްދީފި

މިނިމުނު ފެބުރުއަރީމަހު ސްޓެލްކޯއިން ގޭބިސީތަކަށް ދެބިލެއް ފޮނުވާފައި ވަނީ ބެކްލޮގު ފިލުވައި، ރަމަޟާން މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުމަށް ކަމުގައި، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ގާތްގާތުގައި ގޭބިސީތަކަށް ދެ ބިލް ފޮނުވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އާއްމުން ވަނީ ފާޅުކޮށްފައެވެ. 

އެކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަޙްމީ ވިދާޅުވީ، އެއްމަހެއްގައި ދެކަރަންޓްބިލް ލިބުމުން އެކަމުގެ ޝަކުވާ ލިބެމުން އަންނާތީ ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ ކަމަށެވެ. އެގޮތުން ސްޓެލްކޯ ވެބްސައިޓް https://stelco.com.mv/rpex މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވާނީ ހުޅުވާލެވިފައިކަމަށާއި، އެކަމުގައި އެމްޑީއަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅަން ނުޖެހޭނެ ކަމުގައިވެސް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، އަބަދުވެސް ދަންނަވާ ވާހަކައަކީ ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށެވެ. އަދި ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވައި ނުލާނެ ކަމަށާއި، އޮޅުވާލާނެ އެއްޗެއްވެސް ނޯންނާނެ ކަމުގައި ފަހުމީ ވަނީ ވިދާޅުވެފައެވެ.

ކަރަންޓް ބިލްތައް ބޮޑުވުމުގެ ޝަކުވާއަކީ އަބަދުވެސް ބޮޑުވެފައި އޮންނަ ޝަކުވާއެކެވެ. އެކަމާއި ގުޅިގެން އަބަދުވެސް ސްޓެލްކޯއަށް ފާޑުކިޔުންތައް އަމާޒުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.