މޯލްޑިްވްސް ޕޮލިސް ސަރވިސް
މޯލްޑިްވްސް ޕޮލިސް ސަރވިސް
28 Feb 2024
ޚަބަރު
މަޖިލިސް އިންތިހާބަށް ފުލުހުންގެ ކޮމާންޑަރުން ތަމްރީންކުރަން ފަށައިފި
މާރޗް މަހުގެ 17ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަސައްކަތްކުރާ ފުލުހުން ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނުކުރަން ފަށައިފިއެވެ.
27 Feb 2024
ޚަބަރު
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އިންޒާރުދިން ބަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން 21 އަހަރުގެ ދެމީހުންނާއި، 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން ކަމަށާއި، 26 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ލ. ގަމުގައި ހުއްޓައި ކަމަށެވެ.
23 Feb 2024
ޚަބަރު
ފާއިތުވި ތިންމަސް ދުވަހުގެ ތެރޭގައި 19 ރަށެއްގައި ޕޮލިސް ޕޯސްޓްތައް ހުޅުވައި ޚިދުމަތްދޭން ފަށައިފި
ޕޮލިސް ޕޯސްޓްތައް ހުޅުވައި ޚިދުމަތްދޭން ފަށާފައި ވަނީ، ހއ. ފިއްލަދޫ، ހދ. ކުރިނބި، ހދ. ނެއްލައިދޫ، ށ. ޅައިމަގު، ނ. ޅޮހި، ނ. ހެނބަދޫ، ނ. މާޅެންދޫ، ނ. މިލަދޫ، ބ. މާޅޮސް، ބ. ކިހާދޫ، ބ. ކުޑަރިކިލު، ބ. ހިތާދޫ، ވ. ތިނަދޫ އަދި ވ. ފުލިދޫ، ދ. ހުޅުދެލި، ތ. ވަންދޫ، ތ. ގާދިއްފުށި، ލ. މާބައިދޫ، ގއ. ކޮނޑޭ ގައެވެ.
23 Feb 2024
ޚަބަރު
ދެ ލޯންޗު އެކްސިޑެންޓްވީ މަނާކޮށްފައިވާ ސަރަހައްދަކުން ދަތުރުކުރަނިކޮށް!
މިނިސްޓަރ ޑރ މުއްޠަލިބު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީ އިން އޮތީ މަނާކޮށްފައި ކަމަށެވެ. އަދި އެސަރަހައްދުން ދަތުރުކުރާ ނަމަ، ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރުވެސް އޮތީ ދީފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ޑރ މުއްޠަލިބު ވިދާޅުވީ، މިފަދަ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް ކަނޑުގައި ދުއްވާ އުޅަނދުތަކުން މި ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާ ކަމަށެވެ.
22 Feb 2024
ޚަބަރު
ވިލިމާލެ ކައިރިން ދެ ލޯންޗު އެކްސިޑެންޓްވެ 13 މީހަކަށް އަނިޔާވެއްޖެ
މިއެކްސިޑެންޓްގައި އަނިޔާވި 13 މީހުންގެ ތެރޭގައި ހިމެނެނީ، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ 10 މީހުންނާއި، އަނަންތަރާ ރިޒޯޓުގެ 3 މީހުންނެވެ.
22 Feb 2024
ޚަބަރު
ޕިކަޕެއްގެ ތެރޭގަިއ ހުރެ ބަދު އަޚުލާޤީ ވައްތަރުޖެއްސި މީހާ ހޯދައި ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
22 Feb 2024
ޚަބަރު
މާފުށީގައި ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއަދުގެ ހާދިސާގައި ގެނބިގެން މަރުވެފައި އޮއްވައި ފެނިފައި ވަނީ ޗައިނާގެ އުމުރުން 30 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ ފެނިފައި ވަނީ، މާފުށީ އެކްޓިވް ވޯޓަރ ސްޕޯޓްސް ކައިރިން ނެރުކައިރިއަށް ގެނބިފައި ވަނިކޮށް މިއަދު ހެނދުނު 10:25 ހާއިރުގައެވެ.
22 Feb 2024
ޚަބަރު
މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ހުރެ ބަދުއަޚުލާޤީ ވައްތަރުތަކެއް ޖެއްސި މީހަކު ހޯދަން ފަށައިފި
ފުލުހުންގެ އިދާރާއިން ވަނީ، އެމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި އެމައުލޫމާތެއް ފުލުހުންނާއި ޙިއްޞާކޮށްދެއްވުމަށް އެދިފައެވެ.
21 Feb 2024
ޚަބަރު
ތޮއްޑޫގައި ދެ ފަތުރުވެރިއަކަށް ގޭންގަކުން ހަމަލާދީފައިވާ ކަމަށް ފަތުރަނީ ހަޤީޤަތާއި ޚިލާފު ވާހަކައެއް
ސޯޝަލް މީޑިއާގެ ބައެއް އެކައުންޓްތަކުގައި، ތޮއްޑޫގައި ދެ ފަތުރުވެރިއަކަށް ގޭންގަކުން ހަމަލާދީފައިވާ ކަމަށް ބުނެ ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް، ތޮއްޑޫގައި އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ނެތްކަމުގައި އެފަރާތްތަކުން ބުނެފައިވެއެވެ.
20 Feb 2024
ޚަބަރު
ސޯލާ ޕެނަލްތަކުގައި އަނެއްކާވެސް ކާރެއް ޖެހި ގެއްލުންވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލެއިން ހުޅުމާލެއަށް ދަތުރުކުރި ކާރެއް ކޮންޓްރޯލް ނުވެގޮސް ހައިވޭ ނިމޭހިސާބުން ހުޅުމާލެ މިދިލިމަގުގައި ހުރި ސޯލާ ޕެނަލް ސްޓޭންޑް ތަކުގައި ޖެހިފައި ވަނީ މިއަދު ހެނދުނު 8:45 ހާއިރުގައި ކަމަށެވެ. މިހާދިސާގައި އެކްސިޑެންޓް ވެފައި ވަނީ ޓެކްސީއެކެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޑްރައިވަރަށް އަނިޔާވުމުގެ ސަބަބުން އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.
19 Feb 2024
ޚަބަރު
ނ. މާޅެންދޫއާއި މިލަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި
މާޅެންދޫ އަދި މިލަދޫ ޕޮލިސް ޕޯސްޓް ހުޅުވުމަށްފަހު މި ދެ ރަށުގެ ޕޮލިސް ޕޯސްޓުގައި ވަނީ ޤައުމީ ދިދައާއި ފުލުހުންގެ ދިދަ ނަގާފައެވެ. ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެހެނިހެން ފުލުހުންގެ އިތުރުން އެރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެކިއެކި އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
19 Feb 2024
ޚަބަރު
ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން
ފުލުހުންގެ ސްޕޯކްސްޕަރސަންގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ހަމަޖައްސައިފިއެވެ.
18 Feb 2024
ޚަބަރު
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގަިއ ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.
16 Feb 2024
ޚަބަރު
މާލެއިން 14 އަހަރުގެ ކުޑަކުއްޖަކު ގެއްލުނުތާ ހަފްތާއެއް ފަހުން، އެ ކުއްޖާ ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފެބުރުވަރީ 11 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އަދި މި ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އެކުއްޖާގެ ޚަބަރެއް ނުވާ ކަމަށާއި، އެންމެފަހުން ކުއްޖާ އެގޭގައި އުޅެފައި ވަނީ، ފެބުރުއަރީ 9 ވަނަ ދުވަހުގައި ކަމަށްވެސް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމުގައި، ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
16 Feb 2024
ޚަބަރު
ޑީސީޕީގެ މަޤާމަށް ފިކުރީ އާއި ނަވީން ޢައްޔަނުކުރައްވައިފި
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން އެބޭފުުޅުންނާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާނެވެ.
13 Feb 2024
ޚަބަރު
ދެރަށެއްގައި ޕޮލިސް ޕޯސްޓްތައް ހުޅުވައިފި
ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަ ފުޅުގައި، ފިއްލަދޫއަކީ އަހުވަންތަ ކުށްމަދު އަމާން މުޖުތަމައެއްގެ ވެރި ބައެއް ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މިރަށުގައި ފުލުހުން ގާއިމުވެ ތިބޭ ހިނދު މިރަށަކީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުށްމަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަށް އެދިވަޑައިގެންނެވިއެވެ.