Advertisement

ފުލުހުންގެ އިދާރަ --

22 Feb 2024
ޚަބަރު

ޕިކަޕެއްގެ ތެރޭގަިއ ހުރެ ބަދު އަޚުލާޤީ ވައްތަރުޖެއްސި މީހާ ހޯދައި ހައްޔަރުކޮށްފި

މާލޭ މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ހުރެ ބަދުއަޚުލާޤީ ވައްތަރުތަކެއް ޖެއްސި މީހާ ހޯދައި ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން އެމައްސަލަ ތަޙްޤީޤު ކުރަންފެށީ އޭނާ އެވައްތަރުތައް ޖައްސާ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

އާއްމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ކުރުމަކީ، ޤާނޫނުގައި އަދަބު ކަނޑައަޅާފައިވާ ކުށްތަކެކެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Sep 2024
ޚަބަރު
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
20 Sep 2024
ޚަބަރު
އެންމެ ހެޔޮ އަމަލުގެ ތެރެއިން ފުރަތަަމަކަމަކީ މުސްލިމުންނަށް އުފާވެރިކަން ހޯދައިދިނުން: ހުކުރު ޚުޠުބާ
"އެންމެ މަންފާހުރި މީހާ" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، ރަޞޫލާގެ ޙަދީޘްފުޅުން ހާމަވާ ގޮތުގައި ހެޔޮ އަމަލުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް މާތް ނަބިއްޔާ ބަޔާންކޮށްދެއްވާފައި ވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށެވެ. އެގޮތުން އެންމެ އިސްކަން ދޭންޖެހޭނީ ތިމާގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި އަވައްޓެރީންނަށްކަންވެސް ނަބިއްޔާގެ ޙަދީޘުން އެނގޭ ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.
20 Sep 2024
ޚަބަރު
އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭ އެއް އެޅުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
މިފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އާއި، އެކައުންސިލްގެ މެމްބަރު އަޙްމަދު ޞަބާޙްއެވެ. މިކަމަށްޓަކައި އެރަށުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.
20 Sep 2024
ޚަބަރު
އިގިލިތައް ބުރިކޮށްލާނެ ކަމުގެ ބިރުދައްކައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ، އަތިރީގެ، އަހުމަދު ސިވާތު، (37އ)، އަދި ސ. ހިތަދޫ، ޑިލައިޓް ފޭސް، މުހައްމަދު ސާލިމް، (37އ) ކަމަށެވެ. އެމީހުން ވަނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް، ވަޅިން ބިރު ދައްކައި، ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމުގައި ބުނެ ބިދޭސީ ދެމީހެއްގެ ވޮލެޓުގައި ހުރި ފައިސާތައް ފޭރިގެންފައެވެ.