މޯލްޑިްވްސް ޕޮލިސް ސަރވިސް
މޯލްޑިްވްސް ޕޮލިސް ސަރވިސް
21 Mar 2024
ޚަބަރު
2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ޤާއިމް ކުރަނީ
މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި، މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
20 Mar 2024
ޚަބަރު
ވައިގެ މަގުން ރާއްޖެ އައި މީހެއްގެ އަތުން 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
20 Mar 2024
ޚަބަރު
ފުލުހުންގެ މުސާރަތައް ބޮޑުކޮށްފި
ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، ފުލުހުންގެ މުސާރަ މިމަހުން ފެށިގެން %35 ސަރުކާރުންވަނީ ބޮޑުކޮށްދެއްވާފައި ކަމަށާއި، އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެކަމަށެވެ.
17 Mar 2024
ޚަބަރު
ބޮޑެތި ކުށްތައް ހިންގި ޖަޒީރާ ޓެލެގްރާމް ޗެނަލްތަކުގައި 7000 ވުރެ ގިނަ މީހުން ތިބި - ފުލުހުން
ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސައިބަރ ޕޮލިސިންގ ސެންޓަރުގެ އިންވެސްޓިގޭޝަން އޮފިސަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު މުޙައްމަދު ވިދާޅުވީ، ޖަޒިރާގެ ނަމުގައި ހިންގަމުން އައި ޗެނަލްތައް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ އިރު ގިނަ އަދަދެއްގެ ބަޔަކު އެޗެނަލަށް ސަބްސްކްރައިބްކޮށް ޚިދުމަތް ހޯދަމުން ދިޔަ ކަމަށެވެ.
17 Mar 2024
ޚަބަރު
އާރްޑީސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤުގެ ބޮޑުބައެއް ނިމިއްޖެ
އާރްޑީސީގެ ޚިޔާނާތުގައި އިސް 3 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކުރިންވެސް ފުލުހުން ވިދާޅުވެފައި ވާއިރު، ތަހްޤީޤަށް ހާޟިރުކޮށް ސުވާލުކޮށްފައި ވަނީ އެތިން މީހުންނާކަމުގައިވެސް ލޫޠު ވިދާޅުވިއެވެ. އަދި އާރްޑީސީގެ އިތުރު 15 ވަރަކަށް މުވައްޒަފަކު އެޚިޔާނާތުގެ ފައިސާތައް ދައުރުކުރުމުގެ ތެރޭގައި ޝާމިލްވެފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ކުރިން ވިދާޅުވެފައި ވެއެވެ.
17 Mar 2024
ޚަބަރު
ދޮޅު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި ޝާމިލްވާ މީހުންނަށް ދަޢުވާކުރަން ފޮނުވައިފި
ފުލުހުންގެ ކްރައިން އިންވެސްޓިގޭޝަން ކޮމާންޑުން ތަޙްޤީޤުކުރަމުންދާ މައްސަލަތަކާއި ގުޅޭ ގޮތުން، މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫޠު ވިދާޅުވީ، 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގެ ތަޙްޤީޤު ފުރިހަމަކޮށް މިހާރު އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ޕީޖީއަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
15 Mar 2024
ޚަބަރު
ދެރޭ މަތިން ފުލުހުން 88 އުޅަނދެއް ޓޯވކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވި، ބުރާސްފަތި ދުވަހުގެ ރޭ އެކަނިވެސް 48 އުޅަނދު ޓޯވކޮށްފައިވާ ކަމަށެވެ. އަދި ބުދަދުވަހުގެ ރޭ ވެސް 40 އުޅަނދު ޓޯވކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
13 Mar 2024
ޚަބަރު
އެކި ބާވަތުގެ ކުށްތަކަށް އަރައިގަތުމަށް ބޭނުން ކުރަމުން ދިޔަ ޓެލެގްރާމް ގުރޫޕްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެދެމީހުންނާއި އެޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ފުލުހުންގެ ސައިބަރ ޕޮލިސިންގ ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 6 ވަނަ ދުވަހުގައި ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
10 Mar 2024
ޚަބަރު
މަކަރާ ހީލަތުން ފައިސާ ފޭރުމަށް ޖަލުގެ ގައިދީން ބޭނުންކުރާ ފޯނުތަކެއް އަތުލައިފި
މިގޮތުން އެ އޮޕަރޭޝަނުގައި، މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައި ފާސްކޮޮށް 22 މޯބައިލް ފޯނާއި، 10 ޗާޖަރާއި، 10 ހެޑްސެޓް/އެއާޕޮޑްގެ އިތުރުން ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހޯދާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
09 Mar 2024
ޚަބަރު
އައްޑޫގައި ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ އާއި މަރަދޫން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ، ދިވެހި ތިން ފިރިހެނުންނާއި، މިޔަންމާގެ ފިރިހެނަކާއި އިންޑިއާ ފިރިހެނަކާއި، ތައިލެންޑްގެ 5 އަންހެނުންނެވެ.
09 Mar 2024
ޚަބަރު
މާފުށީގައި ހިންގި މާރާމާރީތަކަކާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާފުށީގައި ރޭ ފަތިހު ހިނގި މާރާމާރީއެއްގެައި 34 އަހަރުގެ ދިވެހި ފިރިހެނަކު ޒަޚަމްކޮށްލާފައިވާ ކަމަށާއި އޭނާއަށް މާފުށީ ސިއްޙީމަރުކަޒުގައި ފަރުވާ ދިނުމަށްފަހު، މިހާރު ޓްރީޓޮޕް ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުންދާކަމަށެވެ.
07 Mar 2024
ޚަބަރު
އިމިގްރޭޝަންގެ ވެހިކަލްގައި ޖެހި އެކްސިޑެންޓްވި ޒުވާނާ ނިޔާވެއްޖެ
އުމުރުން 19 އަހަރުގެ އެޒުވާނާ ނިޔާވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދުއެވެ.
06 Mar 2024
ޚަބަރު
އެންޑީއޭ ގެ މުވައްޒަފުންތަކެއް ފައިސާއަށް ޞައްޙަ ނޫން ލިޔުން ދޫކޮށް، މަނީ ލޯޑަރ ކުރި މައްސަލަތަކެއް ބަލަން ފަށައިފި
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް އުފައްދާފައިވާ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މުވައްޒަފުންތަކެއް މަސްތުވާތަކެތީގެ ފަރުވާ ހޯދުމަށް އެތަނަށް ދިޔަ މީހުންގެ އަތުން ފައިސާ ނަގައި، ފަރުވާ ފުރިހަމަ ނުކުރަނީސް ފަރުވާ ފުރިހަމަ ކުރިކަމުގެ ސައްޙަ ނޫން ލިޔުންތަކެއް ދޫކުރުމާއި، އަދި އެތަނުގެ ލެބޯޓްރީގައި ހަދާ ޓެސްޓް ތަކުގެ ނަތީޖާ އޮޅުވައި ލުމާއި، އެމީހުންގެ އަތުން ހޯދާފައިވާ ފައިސާ ލޯންޑަރ ކުރުމުގެ މައްސަލަތަކެއް މިހާރު ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އެތަނުގެ އިސް މުވައްޒަފުންތަކެއް ހިމެނޭ ކަމުގައިވެސް ނަވީން ވިދާޅުވިއެވެ.
05 Mar 2024
ޚަބަރު
ފުލުހުންގެ މަރުކަޒުތައް އަޅަން އުޅުނު ޕްރޮޖެކްޓްގެ މައްސަލަ ފުލުހުން ތަޙްްޤީޤުކުރަން ފަށައިފި
ހޯމް މިނިސްޓްރީގެ ފަރާތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އިންދިރާ ޕްރޮޖެކްޓްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ، ހޯމް މިނިސްޓްރީގެ އެންގުމަށް ކަމަށެވެ.
05 Mar 2024
ޚަބަރު
އަނަސްގެ މަރުގެ މައްސަލައިގައި ކުށްސާބިތު ނުވެގެން ދޫކޮށްލި މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ނަވީން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗައި ބަނގުރާ އުފުލަމުން ދިޔަ ކަނޑު އުޅަނދެއް އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އަދި އެމައްސަލައިގެ ތަފްސީލްތައް އަންނަ އާދީއްތަ ދުވަހު ފުލުހުންގެ ކްރައިން ޑިޕާޓްމަންޓުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެ ކަމުގައި ނަވީން ވިދާޅުވިއެވެ.
05 Mar 2024
ޚަބަރު
ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމާއި، ބާ އުޅަނދުތައް ނަގަންފަށައިފި
ފުލުހުންގެ މިމަހުގެ ތިންވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި މިމަސައްކަތް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމުގައި ހާމަކޮށްފައި ވީނަމަވެސް، މިއަދު އެމަސައްކަތް ފަށާފައި ވާކަމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެފައެވެ.