Advertisement

ނޭޝަނަލް ޑްރަގް އޭޖެންސީ - ފޮޓޯ: ސޯޝަލް މީޑިއާ

06 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އެންޑީއޭ ގެ މުވައްޒަފުންތަކެއް ފައިސާއަށް ޞައްޙަ ނޫން ލިޔުން ދޫކޮށް، މަނީ ލޯޑަރ ކުރި މައްސަލަތަކެއް ބަލަން ފަށައިފި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މުވައްޒަފުންތަކެއް ފައިސާ ނަގައި ޞައްޙަ ނޫން ލިޔުން ދޫކޮށް، މަނީ ލޯޑަރ ކުރި މައްސަލަތަކެއް ބަލަން ފަށާފައިވާ ކަމުގައި ފުލުުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް އުފައްދާފައިވާ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މުވައްޒަފުންތަކެއް މަސްތުވާތަކެތީގެ ފަރުވާ ހޯދުމަށް އެތަނަށް ދިޔަ މީހުންގެ އަތުން ފައިސާ ނަގައި، ފަރުވާ ފުރިހަމަ ނުކުރަނީސް ފަރުވާ ފުރިހަމަ ކުރިކަމުގެ ސައްޙަ ނޫން ލިޔުންތަކެއް ދޫކުރުމާއި، އަދި އެތަނުގެ ލެބޯޓްރީގައި ހަދާ ޓެސްޓް ތަކުގެ ނަތީޖާ އޮޅުވައި ލުމާއި، އެމީހުންގެ އަތުން ހޯދާފައިވާ ފައިސާ ލޯންޑަރ ކުރުމުގެ މައްސަލަތަކެއް މިހާރު ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި އެތަނުގެ އިސް މުވައްޒަފުންތަކެއް ހިމެނޭ ކަމުގައިވެސް ނަވީން ވިދާޅުވިއެވެ.

އަދި އެ މައްސަލައަކީ ނެޝަނަލް ޑްރަގް އެޖެންސީން ދެމުންދާ ފަރުވާގެ އެސެސްމެންޓް ރިވިއުކުރުމުގައި އެޖެންސީގެ ބައެއް އިސް މުވައްޒަފުންނާއި އިތުރު ބަޔަކު ގުޅިގެން އެންޑީއޭ ލެބޯޓްރީން ހަދާ ޓެސްޓްތައް ނަތީޖާ އޮޅުވާލައި، ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުން ފަރުވާ ފުރިހަމަކުރަން ނުޖެހޭ ގޮތަށް ބަދަލުކޮށް، އަދި ފަރުވާ އަދި ފަރުވާ ފުރިހަމަކުރަން ޖެހޭ މުއްދަތު ކުރުކޮށް މުޖުތަމައު ތެރެއަށް ދޫކޮށްލައި، ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުން އަތުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ހޯދައި ގިނަ އަދަދެއްގެ ފައިސާ ލޯންޑާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމުގައިވެސް ނަވީން ވިދާޅުވިއެވެ.

"މިމައްސަލައިގައި ތަޙްޤީީޤު ފުލުހުން ވަނީ ފަށާފައި. އަދި އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތާއިއެކު، 6 ފެބުރުއަރީ ވަނަ ދުވަހުން ފެއްޓިގެން، މިދަނީ މިމައްސަލައިގައި މަސައްކަތްތައް ކުރަމުން. މިހާރު އަޅުގަނޑުމެން ވަނީ، މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހަކު ދިރިއުޅޭ 3 ތަނާއި، އެންޑީއޭގެ މާލޭގައި ހިންގަމުންދާ ތަންތަން ވަނީ ބަލައިފާސްކޮށްފައި. އެގޮތުން މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ ލިޔެ ކިޔުންތަކާއި، އިލެކްޓްރޯނިކް ބައެއް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި."

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން --

ނަވީން ވިދާޅުވީ އެމައްސަލައިގެ ތަޙްޤީޤު މިހާރު ހިނގަމުންދާތީވެ، އެމައްސަލައިގައި ދިރާސާކުރަންޖެހޭ ލިޔެކިޔުންތަކާއި، އިލެކްޓްރޯނިކްސް ދިރާސާކުރުމުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ. 

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެކަމުން ސަލާމަތް ކުރުމަށް އުފައްދާފައިވާ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ މައްޗަށް މީގެ ކުރިންވެސް އެފަދަ ތުހުމަތު ތަކެއް ކުރެވުނު ނަމަވެސް، މިއީ މިހާ ފުޅާ ގޮތެއްގައި މިމައްސަލަތައް ބަލަންފެށި ފުރަތަމަ ފަހަރެވެ. 

އިއްޔެ ފުލުހުން މިމައްސަލައިގައި މައުލޫމާތު ހިއްސާކޮށްފައި ވާއިރު، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 16:00ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމުގައި އެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.