Advertisement

ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި އޮތް ކާރެއް ފުލުހުން ޓޯވކޮށްގެން ގެންދަނީ --- ފޮޓޯ: ޕޮލިސް.

22 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ބުދަ ދުވަހުވެސް ފުލުހުން 31 އުޅަނދެއް ޓޯވކުރި

މާލޭ ސިޓީގެ މަގުތަކުގައި، ޤަވައިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ކުރާ މަސައްކަތުގެތެރެއިން،  ބުދަ ދުވަހުގެ ރޭވެސް 31 އުޅަނދެއް ޓޯވކޮށްފައިވާ ކަމުގައި ފުުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުން ހުއްޓާލައި، ރައިސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ދިން ލުޔާއި އެކު، މާލެ ސަރަހައްދުގައި ޕާކުކުރުން މުޅިން ބޮއްސުންލައިގެން ދިޔައެވެ. މިގޮތުން ޤަވާއިދަށް ބެލުމެއް ނެތި ޕާކުކުރަމުން ގެންދިޔުމުގެ ސަބަބުން އެކަން އާއްމު ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވުމާއި ގުޅިގެން މިމާރިޗު މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ފުލުހުން ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިގޮތުން ފުލުހުން އަޅުއްވަން ފެއްޓެވި އެންމެ މުހިއްމު ފިޔަވަޅަކީ، އާއްމު ދަތުރުފަތުރަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމެވެ. މިގޮތުން ޓޯވ ކުރަން ފެށިފަހުން މިހާތަނަށް، ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ފަހަރުގެ ތެރެއިން، 235 އުޅަނދެއް ފުލުހުން ވަނީ ޓޯވ ކޮށްފައެވެ.

މާލޭގެ މަގުތަކުގައި ޤަވާއިދާއި ޚިލާފަށް ޕާކޮށްފައިވާ ބާއްވާ އުޅަނދުތައް ފުލުހުން ޓޯވކޮށް ނަގަމުން ދިޔަ ނަމަވެސް، ޤަވާއިދާއި ޚިލާފަށް ޕާކު ކުރުމުގެ މައްސަލައަށް ހައްލެއް ނުލިބެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.