Advertisement

ޤަވާއިދާއި ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރުން -- ފޮޓޯ: ޕޮލިސް

15 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ދެރޭ މަތިން ފުލުހުން 88 އުޅަނދެއް ޓޯވކޮށްފި

ފާއިތުވި ދެރޭގައި މާލޭގެ މަގުމަތީގައި ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި އޮތް ހަތަރު ފުރޮޅުލީ 88 އުޅަނދެއް ފުލުހުން ޓޯވ ކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވި، ބުރާސްފަތި ދުވަހުގެ ރޭ އެކަނިވެސް 48 އުޅަނދު ޓޯވކޮށްފައިވާ ކަމަށެވެ. އަދި ބުދަދުވަހުގެ ރޭ ވެސް 40 އުޅަނދު ޓޯވކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ޕާކިން ސްޓިކާ ޖޫރިމަނާ ނުކުރި ނަމަވެސް، ޤަވާއިދާއި ޚިލާފަށް ޕާކުކޮށްގެން ޓޯވ ކުރާ އުޅަނދުތައް އަނބުރާ ދޫކުރާނީ، ޓޯކުރުމުގެ ސަބަބުން ދައްކަންޖެހޭ ފައިސާ ދެއްކުމުންކަމަށް މައުލޫމާތު ލިބިފައިއެވެ. 

ޕާކިން ސްޓިކާ ނުޖަހައި ހުއްޓާލުމާއި އެކު މާލެއާ ހުޅުމާލޭގެ ބައެއް ތަންތަނުގައި އެއްވެސް ގޮތަކަށް ބެލުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދުތަކާއި ސައިކަލްތައްވެސް ދަނީ ޕާކު ކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނަށް ދަތިތަކާއި ކުރިމަތިވެ އާއްމުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.